ދުނިޔެ

އިންޑިއާ ހިމެނޭ ގޮތަށް ލަންކާއިން ބައެއް ޤަައުމުތަކަށް ވިސާ ހިލޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސްރީލަންކާގެ ފޮރިން އެފެއާޒް މިނިސްޓަރު އަންގާރަ ދުވަހު ވިދާޅުވީ ޕައިލެޓް ޕްރޮޖެކްޓެއްގެ ދަށުން އިންޑިއާ، ޗައިނާ އަދި ރަޝިއާ ހިމެނޭ ގޮތަށް ހަތް ގައުމަކުން ޒިޔާރަތްކުރާ މީހުންނަށް ވިސާ އާ ނުލައި އެތެރެވެވޭނެ ކަމަށެވެ.
މި ނިންމުމަށް ލަންކާގެ ކެބިނެޓުން ރުހުން ދީފައިވާ ކަމަށް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވި އެވެ.

Ads by WAMCO

މިނިސްޓަރު ވިދާޅުވީ މިހާރުން މިހާރަށް ފަށާފައިވާ ޕައިލެޓް ޕްރޮޖެކްޓް 31 މާޗް 2024 ގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ.

"ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި އިންޑިއާ، ޗައިނާ، ރަޝިއާ، މެލޭޝިއާ، ޖަޕާން، އިންޑޮނޭޝިއާ އަދި ތައިލެންޑަށް މިމަހުގެ 31 ވަނަ ދުވަހާ ހަމައަށް ހިލޭ ވިސާ ދޫކުރަން ކެބިނެޓުން ރުހުން ދީފި،" މިނިސްޓަރު ސަބްރީ ވިދާޅުވި އެވެ.

"ދަ ޑެއިލީ މިރާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓޫރިސްޓުންގެ ގޮތުގައި ސްރީލަންކާއަށް ޒިޔާރަތްކުރަން ބޭނުންވާ ފަސް ގައުމެއްގެ ބިދޭސީންނަށް ހިލޭ ޓޫރިސްޓް ވިސާ ދިނުމާ ގުޅޭ ގޮތުން މިދިޔަ ހަފުތާގައި ޓޫރިޒަމް މިނިސްޓްރީން ވަނީ ކެބިނެޓް ކަރުދާހެއް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހުށަހަޅައިފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!