ޚަބަރު

ޓޫރިސްޓް އެކްސްކާޝަންތައް ހުއްޓާލަން އެޗްޕީއޭއިން އަންގައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރަން އަޅާ ފިޔަވަޅެއްގެ ގޮތުގައި، ރިސޯޓްތަކާއި ސަފާރީތަކުން، ޓޫރިސްޓުން އެކްސްކާޝަނަށް ރަށްރަށް ގެންދިޔުން މިވަގުތަށް މަނާކަމެއްގެ ގޮތުގައި ކަނޑައަޅައިފި އެވެ.

Ads by STELCO

ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް19 އާ ގުޅިގެން މީހުން ދިރިއުޅޭ ރަށްރަށަށް އެކްސްކާޝަންއަށް ދިއުމާއި އަދި މީހުން ދިރިއުޅޭ ރަށްރަށަށް ފަތުރުވެރިން ރިސޯޓުތަކަށާއި ސަފާރީތައް ފަދަ ތަންތަނަށް އެކްސްކާޝަން އަށް ދިއުން މިހާރުން ފެށިގެން ހުއްޓާލުމަށް ދަންނަވާ ކަަމަށެވެ.

އެޗްޕީއޭ އިން އިތުރަށް އެ ބަޔާނުގައި ބުނީ އެ ބަލި ކޮންޓްރޯލް ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަށް އާއްމު ފަރުދުންނާއި ކުންފުނިތަކުންނާއި ފަތުރުވެރިންވެސް ސަމާލުވެ އެންގުންތަކާއި އެއްގޮތަށް އަމަލު ކުރުމަށް އެދޭ ކަމަށެވެ.

ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިންވެސް ފެނިފައިވުމާއި ގުޅިގެން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު ވަނީ އިއުލާން ކޮށްފައެވެ. އެކަން އިއުލާން ކުރެއްވީ ކޮވިޑް19 އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ހެލްތް މިނިސްޓަރު އަބްދުﷲ އަމީންއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!