ދުނިޔެ

ޕާކިސްތާނަށް ވަނަނުދީ ބޭރުކޮށްލި އަފްގާން ރައްޔިތުންގެ އަދަދު 8000 އިން މަތީގައި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޚާމާ ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނުގެ ރެފިއުޖީން އަނބުރާ ގައުމަށް ފޮނުވާލުމަކީ މިދުވަސްވަރު ވަރަށް ހޫނު މައުޟޫއަކަށް ވެފައިވާއިރު، ޕާކިސްތާނާއި އީރާނުން އަފްޣާނިސްތާނުގެ 8،000 އަށްވުރެ ގިނަ ހިޖުރަވެރިން ވަނީ ގަދަކަމުން އަނބުރާ ފޮނުވާލާފައެވެ.

Ads by Sosun Fihaara

ޕާކިސްތާނާއި އީރާނުން ފޮނުވާލާ އަފްޣާނިސްތާނުގެ މީހުންގެ އަދަދު ތާލިބާނުންގެ މިނިސްޓްރީ އޮފް ރެފިއުޖީސް އެންޑް ރިޕެޓްރިއޭޝަން އޮފް އަފްޣާނިސްތާނުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެ މިނިސްޓްރީން ބުރާސްފަތި ދުވަހު ނެރުނު ނޫސް ބަޔާނެއްގައި ބުނީ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ތުރުގާންޑީ އާއި ސްޕިން ބޯލްޑަކްގެ ބޯޑަރު ހުރަސްކުރާ ސަރަހައްދުން އަފްޣާނިސްތާނުގެ 5،196 ހިޖުރަވެރިން މަޖުބޫރުކޮށްގެން އަފްޣާނިސްތާނަށް ފޮނުވާލާފައިވާ ކަމަށެވެ.

ނަންގަރްހާރާއި ކަންދަހާރުގެ ބޯޑަރު އެޑްމިނިސްޓްރޭޝަންތަކުގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި ތުރުގާންދީ ކްރޮސިން މެދުވެރިކޮށް ބާރުގެ ބޭނުންކޮށްގެން 4،606 މީހުންގެ ޖުމްލަ 676 އާއިލާ އަފްޣާނިސްތާނަށް ފޮނުވާލާފައިވާ ކަމަށެވެ.

މީގެ އިތުރުން ސްޕިން ބޯލްޑަކް ބޯޑަރު ހުރަސްކޮށް ޖުމްލަ 1،190 މީހުންނާއެކު އިތުރު 209 އާއިލާއެއް ވަނީ އަނބުރާ ފޮނުވާލާފައެވެ. އޮކްޓޯބަރު މަހުގެ 23 ވާ ހޯމަ ދުވަހުގެ ނިޔަލަށް އަފްޣާނިސްތާނުގެ 3،310 އެއްހާ ހިޖުރަވެރިން އީރާނުން އަމިއްލަ އެދުމާއި ނުރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށް އިސްލާމް ކަލާގެ ބޯޑަރު އޮފިޝަލް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!