އަފްގާނުގެ ބޮމުގެ ހަމަލާގެ ޒިންމާ, އައިސިލް އިން ނަގައިފި
އަފްޣާނިސްތާނުގެ ވެރިރަށް އަފްޣާނިސްތާނުގައި ސްޕޯޓްސް ކްލަބެއްގައި އެއްޗެއް ގޮއްވާލައި ހަތަރު މީހަކު މަރާލި ހާދިސާގެ ޒިންމާ އައިއެސްގެ ހަތިޔާރު އެޅި ޖަމާއަތުން އުފުލައިފި އެވެ.
ހަރުކަށި ސުންނީ މުސްލިމް ޖަމާއަތުން އެ ޖަމާއަތުގެ ޓެލެގްރާމް ޗެނަލްގައި ހުކުރު ދުވަހު ބުނެފައި ވަނީ އައިއެސްގެ ހަނގުރާމަވެރިން "[ޝިޔާ މުސްލިމުން] އެއްވާ ކޮޓަރިއެއްގައި ބަހައްޓާފައިވާ ޕާރުސަލް ބޮމެއް ބޭނުންކޮށްފައިވާ" ކަމަށެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޮން ގޮއްވާލާފައިވަނީ ތާރީޚީ ގޮތުން ނިކަމެތި ޝިއާ ހަޒާރާ މުޖުތަމައުގެ އެންކްލޭވްއެއް ކަމަށްވާ ކާބުލްގެ ދަޝްތު-އޭ-ބަރްޗީ އަވަށުގެ ވިޔަފާރީގެ މަރުކަޒެއްގައި ކަމަށް ފުލުހުން ބުނެއެވެ.
ކާބުލް ފުލުހުންގެ ތަރުޖަމާނު ޚާލިދު ޒަދްރާން ހުކުރު ދުވަހުގެ މެންދުރު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ބޮން ގޮއްވަން މެދުވެރިވި ސަބަބު ފުލުހުން އަދިވެސް ބަލަމުން އަންނަ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ބޮމުގެ ހަމަލާގައި ހަތް މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ އިރު، މަރުވި ދެ މީހުންނާއި ޒަހަމްވި ނުވަ މީހުންގެ އަދަދު ވަނީ މުރާޖައާކޮށްފަ އެވެ.
މިކަމާ ގުޅިގެން ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ކޮމާޝަލް ސެންޓަރުގެ އެތައް ފަންގިފިލާއެއް އުސް ސްޕޯޓްސް ކްލަބެއްގައި ގޮއްވާލި ބޮމުގެ ހަމަލާގައި އެތަނުގެ ހުރިހާ ފަރާތެއް ފުނޑުފުނޑުވެ، ބިއްލޫރިތައް ތަޅައި، މުޅި ބްލޮކްގައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް އޭއެފްޕީ ނިއުސް އެޖެންސީގެ ނޫސްވެރިންނަށް ހުކުރު ދުވަހު ވަނީ ފެނިފަ އެވެ.
ކޮމްބެޓް ސްޕޯޓްސްގެ ތަމްރީނުތައް ކުރިއަށް ގެންދާ އެ ކްލަބުގެ އިންސްޓްރަކްޓަރަކު އޭއެފްޕީއަށް މައުލޫމާތު ދެމުން ބުނީ ބޮން ގޮއްވާލީ އާންމުކޮށް ގާތްގަނޑަކަށް 30 ވަރަކަށް މީހުން ބައިވެރިވާ ބިޒީ ބޮކްސިން ސެޝަނެއް ނިމުމުން ކަމަށެވެ.