ދުނިޔެ

ޕާކިސްތާނުގައި ގޮވާމުގެ ދަތިކަން އިންތިހާއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ފުށުގެ ދަތިކަން ގޯސްވަމުންދާ މި ދަނޑިވަޅުގައި، ކަޅު ބާޒާރުގައި ޒަރޫރީ ބާވަތްތައް ވިއްކަމުންދާތީ، އާންމު ރައްޔިތުންނަށް އެކަށީގެންވާ ކާބޯތަކެތި ހަމަޖެއްސުމަށް ވަރަށް ބޮޑަށް ދަތިވާ ކަމަށް ނިއުސް އިންޓަނޭޝަނަލް އިން ބުނެފި އެވެ.

Ads by WAMCO

މިމައްސަލާގައި ސަރުކާރުގެ އިހުމާލުގެ ސަބަބުން ފުށް މިލްކުރާ ފަރާތްތަކުން އަގުތައް ބޮޑުކުރަމުން އަންނައިރު، ހުޅުވާލެވިފައިވާ ބާޒާރުގައި ޕާކިސްތާން ރުޕީސް (ޕީކޭއާރު) 2850-3050 އާ ދެމެދުގެ އަގެއްގައި 20 ކިލޯގެ "އާޓާ" ކޮތަޅު ވިއްކަން ފަށައިފިއެވެ.

އެއާ ޚިލާފަށް 2018 ވަނަ އަހަރު ނަވާޒް ޝަރީފް ބޮޑުވަޒީރުކަމުގައި ހުންނެވިއިރު، 20 ކިލޯގެ "އާޓާ" ކޮތަޅެއް ލިބެން ހުރީ އެންމެ 790ރ. ނަމަވެސް ޕަންޖާބު ސަރުކާރު ފެއިލްވުމުގެ ސަބަބުން ފަގީރު ރައްޔިތުން ނާޖާއިޒު ފައިދާ ނެގުމުގެ މިނިވަންކަން ފުށް މިލްތަކުގެ ވެރިންނަށް ވަނީ ލިބިފަ އެވެ.

ތާރީހުގައި ވެސް ފުރަތަމަ ފަހަރަށް ޕަންޖާބު ސަރުކާރުން މިލަރުންނަށް ހުއިފިލަނޑާ ކޯޓާ ދޫކޮށްފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން ކަޅު ބާޒާރުގައި ބޮޑު އަގުގައި ހަ މަހާއި އަށް މަސް ދުވަހާ ދެމެދުގެ މުއްދަތަކަށް "އާޓާ" ގަންނަން އާންމުންނަށް މަޖުބޫރުވެފައިވާ ކަމަށް ނިއުސް އިންޓަނޭޝަނަލް އިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!