ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން މާލެ ސިޓީ ކައުންސިލުގެ މެމްބަރުު އިބްރާހީމް މުޙައްމަދު (އިބުޓީ) ނިންމަވައިފިއެވެ.
މަޖިލިސް އިންތިޚާބަށް ޝައުޤުވެރިކަން ފާޅުކުރައްވައި، ފޭސްބުކްގައިި އޭނާ ކުރެއްވި ޕޯސްޓެއްގައި އިބުޓީ ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ގަލޮޅު ދެކުނު ދާއިރާގެ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ ކަމަށެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީން އެމްޑީޕީގެ ވެރިކަން ބަދަލު ކުރުމަށް ކުރި މަސައްކަތްތަކުގައި، ސަރުކާރާއި ދެކޮޅު މުޒާހަރާތަކުން ވެސް އިބުޓީ ފެނިފައިވެއެވެ.
ޒުވާނުންގެ މެދުގައި މަގުބޫލު އިބުޓީ ވަނީ، އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމަށް ގެނައުމަށް ވެސް މަސައްކަތްތަކެއް ކުރައްވައިފައެވެ.
މަޖިލިސް އިންތިޚާބުގައި މި ފަހަރު ތަފާތު މޫނުތަކެއް ވާދަ ކުރައްވާނެއެވެ. އޭގެތެރޭގައި ފިލްމީ ދާއިރާގައި މަސައްކަތް ކޮށްފައިވާ ފަންނާނުން ވެސް ހިމެނެއެވެ.