ދުނިޔެ

އެމެރިކާއިން ފުރަތަމަ ފަހަރަށް ޖަޕާނުގެ ސީފުޑް ގަންނަން ފަށައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓޯކިޔޯގެ ހަލާކުވެފައިވާ ފުކުޝީމާ ނިއުކްލިއަރ ޕްލާންޓުން ޓްރީޓެޑް ފެން މޫދަށް ދޫކޮށްލުމާ ގުޅިގެން ޗައިނާއިން މިފަދަ އުފެއްދުންތައް މަނާކުރުމާ ގުޅިގެން އެމެރިކާއިން ފުރަތަމަ ފަހަރަށް ޖަޕާނުގެ ސީފުޑް ގަންނަން ފަށައިފިއެވެ.

Ads by Sosun Fihaara

އެމެރިކާއިން ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރަހްމް އެމެނުއެލް ހޯމަ ދުވަހު ރޮއިޓަރސްއަށް ދެއްވި އިންޓަވިއުއެއްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، ޗައިނާއިން އަޅާފައިވާ "އިޤްތިޞާދީ ހަނގުރާމަތަކުގެ" ތެރޭގައި ހިމެނޭ ކަމަށް ވިދާޅުވެ، ޗައިނާއިން އަޅާފައިވާ ފިޔަވަޅުތައް ފޫބެއްދުމަށް އެހީތެރިވެދެވޭނެ ގޮތްތައް ވެސް ވޮޝިންޓަނުން އިތުރަށް ފުޅާދާއިރާއެއްގައި ބަލަންޖެހޭ ކަމަށެވެ.

ޖަޕާނުގެ ސީފުޑް އެންމެ ގިނައިން ގަތް ޗައިނާއިން ބުނަނީ އެ ތަކެތި މަނާކުރީ ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ބިރެއްގެ ސަބަބުން ކަމަށެވެ.

2011 ވަނަ އަހަރުގެ ސުނާމީކާރިސާގައި ހަލާކުވި ޕްލާންޓުން އޮގަސްޓް މަހު ފެށި ފެން ދޫކުރުމުގެ ސަލާމަތާއި ރައްކާތެރިކަން އދ.ގެ ނިއުކްލިއާ ވޮޗްޑޮގުން ވަނީ ކަށަވަރުކޮށްދީފައެވެ. ޖަޕާނުގެ ކާބޯތަކެތީގެ ބާވަތްތައް ބޭނުންކުރުން މިހާރުން މިހާރަށް އުވާލުމަށް ޖީ-7 ގެ ޓްރޭޑް މިނިސްޓަރުން ގޮވާލައްވައިފިއެވެ.

"މިއީ އެމެރިކާ ސިފައިންނާއި ޖަޕާނުގެ މަސްވެރިކަމާއި ކޯ-އޮޕްސްއާ ދެމެދު ދިގު މުއްދަތުގެ އެއްބަސްވުމެއް،" އެމެނުއެލް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!