ދުނިޔެ

ޝީ-ބައިޑަން ސަމިޓަށް ދިއުމުގެ މަގު ފަސޭހަ ނުވާނެ ކަމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް އިޝާރާތް ކުރައްވައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ވިދާޅުވީ "ސެން ފްރެންސިސްކޯ ސަމިޓަށް ދިއުމުގެ މަގަކީ ފަސޭހަ މަގެއް ނޫން" ކަމަށެވެ.

Ads by WAMCO

އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ފޯރަމްގެ ސަމިޓުގެ ހަވާސާގައި ބައިޑެން އާއި އޭނާގެ އިސް ބޭފުޅުންނާ އެކު ވޮޝިންޓަންގައި ވަންގް ބައްދަލުކުރެއްވުމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

ޗައިނާގެ ޖާސޫސީ ބެލޫނެއް އެމެރިކާއިން ވައްޓާލުމާ ގުޅިގެން، އެމެރިކާގެ އެދުމުގެ މަތިން، ފާއިތުވި މަސްތަކުގައި ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔައެވެ.

ނަމަވެސް ހޮނިހިރު ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވަންގް ވަނީ ސަމިޓަށް ދިއުމުގެ މަގަކީ ފަސޭހަ މަގެއް ނޫން ކަމަށާއި އެތަނަށް ދަތުރުކުރުމަކީ "އޮޓޯޕައިލެޓް" ގައި ނުވާނެ ކަމަށް އިންޒާރު ދެއްވާފަ އެވެ.

އޭނާ މިހެން ވިދާޅުވީ ވޮޝިންޓަންގައި އެމެރިކާގެ ސްޓްރެޓީޖިކް ކޮމިއުނިޓީގެ މެމްބަރުންނާ އެކު ބޭއްވި މަޝްވަރާތަކަށް ފަހު ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިދިޔަ މަހު ޗައިނާގެ އެންމެ އިސް ސަލާމަތީ އިދާރާއިން ލަފާ ދީފައި ވަނީ ސެން ފްރެންސިސްކޯގައި ޝީ-ބައިޑަންގެ އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ބަރޯސާވެފައި ވަނީ އެމެރިކާއިން "އެކަށީގެންވާ އިޚްލާސްތެރިކަން ދެއްކުމުގެ" މައްޗަށެވެ.

ވޭންގް ވިދާޅުވީ މިދިޔަ ނޮވެމްބަރު މަހު އިންޑޮނޭޝިއާގެ ރިސޯޓް އައިލެންޑްގައި ބޭއްވި ގްރޫޕް އޮފް 20 ސަމިޓުގެ ހަވާސާގައި ބައިޑަން އާއި ޝީ އެންމެ ފަހުން ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ޗައިނާ އާއި އެމެރިކާ އިން "ބާލީއަށް އެނބުރި ދާން ޖެހޭ" ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!