ޗައިނާގެ ފުލް ސަޕޯޓް އީރާނަށް

ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވިދާޅުވީ އީރާނުގެ ދާޚިލީ ކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ފޯރުވުމާ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅު ހަދާ ކަމަށެވެ.
އިޒްރޭލާއި ހަމާސްގެ ހަމަނުޖެހުންތަކުގައި އީރާނަށް އެއްބާރުލުން ދެއްވާނެ ކަމަށް ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވިދާޅުވެއްޖެ
އިޒްރޭލާއި ހަމާސްގެ ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާގެ "ދައުލަތުގެ އިސްތިގުލާލާއި ސަރަހައްދީ އެއްބައިވަންތަކަމާއި ގައުމީ ކަރާމާތް" ހިމާޔަތް ކުރުމަށް ޗައިނާއިން އީރާނަށް ވަރަށް ބޮޑަށް އެއްބާރުލުން ދޭނެ ކަމަށް ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ވިދާޅުވެއްޖެ އެވެ.
ލީ މިހެން ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ކިރްގިސްތާނުގެ ވެރިރަށް ބިޝްކެކްގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން ސަމިޓުގެ ހަވާސާގައި އީރާނުގެ ފުރަތަމަ ނައިބު ރައީސް މުހައްމަދު މޮޚްބަރާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޗައިނާ އާއި އީރާނާ ދެމެދު އޮތް "ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ޕާޓްނާޝިޕް" ގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ބައިނަލްއަގްވާމީ މަސްރަހު އުފުލެމުން ދިޔަ ނަމަވެސް ދެ ގައުމުގެ ގުޅުން 50 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ދެމެހެއްޓިފައިވާ ކަމަށެވެ.