ފަލަސްޠީނުގެ ޣައްޒާގައި ހުންނަ ޖަބަލިއާ ރެފުޖީ ކޭމްޕަށް އިޒްރޭލުން ބޮން އަޅައި އެތައަ ބަޔަކު ޝަހީދުކޮށްލައިފިއެވެ.
މިއަދު ދިން މި ހަމަލާގައި ޒަޚަމްކޮށްލި 50 މީހަކު ވަނީ ޣައްޒާގައި ހުންނަ "އިންޑޮނޭޝިއަން ހޮސްޕިޓަލް"އަށް ގެންގޮސްފައެވެ. ހެލްތު މިނިސްޓްރީން ބުނީ، މި ހަމަލާގައި 100 މީހުން ޝަހީދުކޮށްލި ކަމަށެވެ.
ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީން ބުނީ، މިއަދުގެ ހަމަލާގައި ޒަޚަމްވި މީހުންނާއި ޝަހީދުވި މީހުންގެ ޖުމްލަ އަދަދު 400އަށް އަރާ ކަމަށެވެ. އެ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވީ ހަމަލާ އަމާޒުވީ މީހުން ދިރިއުޅޭ ބްލޮކަކަށް ކަމަށާއި، ބްލޮކް އެއްކޮށް ސުންނާފަތި ވެގެން ގޮސްފައިވާ ކަމަށެވެ.
"މިއީ އެތައް ސަތޭކަ ބަޔަކު ދިރިއުޅެމުން އައި ތަނެއް. އިސްތިޢުމާރީ ބާރުން މިތަން މި ހަލާކު ކޮށްލީ، އެމެރިކާ އިން އުފައްދައިފައިވާ ހަ ބޮމުން، މިއީ މި ފަހުން އިޒްރޭލުން ޣައްޒާގައި ހިންގި އެންމެ ބޮޑު އެއް ޤަތުލުއާއްމު." ފަލަސްޠީނުގެ އިންޓީރިއަރ މިނިސްޓްރީގެ ތަރުޖަމާނަކު ވިދާޅުވިއެވެ.
"ބައިނަލްއަޤްވާމީ މުޖްތަމަޢުއިން، މާ ލަސް ނުވަނީސް އިޒްރޭލު ހުއްޓުވަން ޖެހޭ." އޭނާ އިތުރަށް ވިދާޅުވިއެވެ.
އެ ސަރަހައްދުން މަޢުލޫމާތު ދިން އަލްޖަޒީރާގެ ނޫޫސްވެރިޔަކު ބުނީ، ލިބިފައިވާ ގެއްލުންތަކަށް ބަލާއިރު، އިމާރާތްތަކުގެ ދަށުވެފައި ތިބި މީހުން ސަލާމަތް ކުރަން އަދި ހަފްތާއެއްހައި ދުވަސް ހޭދަވާނެ ކަމަށް ބެލެވޭ ކަމަށެވެ.
"މިއީ ބޮޑު ޖަރީމާއެއް. ހަލާކު ކޮށްލި ގެތަކުގެ އަދަދެއް ވެސް ނޭނގޭ. މުޅި ސަރަހައްދުން ފެންނަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުގެ ބައިތައް، އެކި ދިމަދިމާލުން." އޭނާ ބުންޏެވެ.
ޔަހޫދީން ފަލަސްޠީނަށް ހަމަލާ ދޭން ފެށީ، މި މަހުގެ ހަތްވަނަ ދުވަހުއެވެ. މި ހަމަލާތަކުގައި މިހައިތަނަށް، 8،500 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
ަ
ި
މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އާންމުންގެ 1،000 މީހުންނަށް ވަދެވޭނެ ކަމަށް މުއިއްޒު ބުނި ނަމަވެސް އެއީ މާބޮޑު ޝައުޤު ވެރިވެނިވި ކަމެއް ނޫނޭ ބަަދަލުގައި އިޒްރޭލަށް ވާގިވެރިވާ ގައުމު ތަކުގެ އެމްބަސޭ މެން މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތަށް ގެނައުން މަމެންނަށް ދައުވަތު ދީގެން އެތަނަށް ގޮސް ފައި މަމެން ތިއްބަސް ޖަލްސާ ބޮއިކޮޓް ކޮށްފައި މަމެން ނިކުންނާނަމޭ ފަލަސްތީނުގެ އެތައް މުސްލިމުން އިޒްރޭލުން ޝަހީދު ކުރަނީ އެމެރިކާ އާއި ޔޫރަޕް އަޑީގައި ތިބެގެންނޭ މުއިއްޒު ހަދާން ކުރާތި ވެރިކަން ކާމިޔާބު ކުރަން ބޭނުންނަމަ ފަލަސްތީނު ރައްޔިތުން ބޮލަށް ބޮން އަޅަމުންދާ އެމެރިކާ އާއި ޔޫރަޕްގެ އެއްވެސް އެމްބަސޭ އަކަށް ދައުވަތު ދީގެން ނުވާނެއޭ މުއިއްޒު ހުވާ ކުރާ ރަސްމިއްޔާތަށް ނިކަން ފިރިހެން ވެގެންނޭ މަމެން ޕިންކީންގެ ވެރިކަމެއް ކުރެވޭނީ މުއިއްޒު ގައިގައި ތިޔާ ހުރި ރަނޑު ގޮތްތައް އެބަޖެހޭ ފިލުވާލަން…