ޚަބަރު ދުނިޔެ

ލާއިންސާނީ ޖަރީމާތަކުގެ ސަބަބުން އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑައިލި ފުރަތަމަ ޤައުމަކަށް ބޮލީވިއާ

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް އަނިޔާވެރިކަމާއިއެކު ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން، އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑައިލި އެންމެ ފުރަތަމަ ޤައުމަކަށް ބޮލީވިއާ ވެއްޖެއެވެ.

Ads by WAMCO
Ads by Hajj Corporation

ފަލަސްޠީނުގެ މިނިވަންކަމަށްޓަކައި މަސައްކަތް ކުރަމުން އަންނަ "ހަމާސް" ޖަމާޢަތާއި ދެކޮޅަށް ކަމަށް ބުނެ، ޔަހޫދީން ޣައްޒާއަށް ބޮން އަޅައި، މިހައިތަނަށް 8،500އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލައިފައެވެ.

އިޒްރޭލާއި ގުޅުން ކަނޑައިލިކަން ބޮލީވިއާ އިން ހާމަ ކުރީ، އެ ޤައުމުގެ ސަރުކާރުން ނެރުނު ބަޔާނެއްގައެވެ.

މި ނިންމުމާއިއެކު، ބޮލީވިއާ ވެފައި ވަނީ މިފަހަރުގެ ޤަތުލުއާއްމާއި ގުޅިގެން އިޒްރޭލާއި އޮންނަ ސިޔާސީ ގުޅުން ކަނޑައިލި ފުރަތަމަ ޤައުމަށެވެ.

އެ ޤައުމުގެ ކުރީގެ ރައީސް އީވޯ މޮރޭލްސް، ވަނީ އިޒްރޭލަކީ ނިރުބަވެރި ދަޢުލަތެއް ކަމަށް ނިންމަން، މިހާރުގެ ސަރުކާރަށް ގޮވާލައްވައިފައެވެ.

އިޒްރޭލާއި ސިޔާސީ ގުޅުން ކަނޑާލުމާ ގުޅޭގޮތުން ބޮލީވިއާގެ ފޮރިން މިނިސްޓްރީން ބުނެފައި ވަނީ، ހައްދުފަހަނައަޅައިފައިވާ ޔަހޫދީން އަނިޔާވެރިކަމާއިއެކުގައި ޣައްޒާގައި ހިންގަމުން ގެންދަނީ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ކަމަށާއި، އެކަން ބޮލީވިއާއިން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

އިޒްރޭލުގެ ޢަމަލުތަކުގެ ސަބަބުން އެތައް ބަޔަކު އަންނަނީ އިޒްރޭލުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ވެސް ގޮވައިލަމުންނެވެ.

Ads by Allied Insurance
  1. ަައާންތު

    މަރުޙަބާ ބޮލީވިއާ ކޮބާބާ ރާއްޖެ

  2. އަބްދޫ

    ސާބަހޭ ބޮލީވިޔާ ސުކުރިއްޔާ.

  3. ޝުކުރިއްޔާ ބޮލީވިއާ..