ދުނިޔެ

ލިޔެކިޔުމެއް ނެތް އަފްޣާނިސްތާނު މީހުން އެތަނުން ދިއުމަށް އިތުރު ވަގުތު ދިނުމަށް ތާލިބާނުން ޕާކިސްތާނަށް ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުން ޕާކިސްތާނަށް ގޮވާލާފައި މިވަނީ، އެނބުރި ގައުމަށް ދާ އެތައް ހާސް ބަޔަކު އެއްވެފައިވާ ބޯޑަރު ޕޯސްޓުތަކަށް ޕްރެޝަރު ބޮޑުވެ، އެ ގައުމުގައި ތިބި ލިޔެކިޔުން ނެތް އަފްޣާނިސްތާނު މީހުން އެގައުމުން ފޭބުމަށް އިތުރު ވަގުތު ދިނުމަށެވެ.

Ads by Sosun Fihaara

ޕާކިސްތާނު ސަރުކާރުން ވަނީ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހާ ހަމައަށް އެގައުމުގައި ގަވާއިދާ ހިލާފަށް އުޅޭ 1.7 މިލިއަން އަފްޣާނިސްތާނު މީހުން އަމިއްލަ އަށް ފުރައިގެން ދިއުމަށް ނުވަތަ ގަދަކަމުން ބޭރުކުރުމަށް ދީފަ އެވެ.

ޕާކިސްތާނުގެ ބޯޑަރު އޮފިޝަލުން ބުނާ ގޮތުގައި އޮކްޓޯބަރު މަސް ފެށުނު އިރު އެ އަމުރު ދިން ފަހުން މިހާތަނަށް 130،000 އަށް ވުރެ ގިނަ މީހުން ޕާކިސްތާނުން ފުރައިގެން ގޮސްފައިވާއިރު، ކްރޮސިން ޕޮއިންޓްތަކުގެ ދެ ފަރާތުގައި ހުރަސްތަކެއް ވަނީ އުފެދިފަ އެވެ.

ތާލިބާނުންގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޕާކިސްތާނާއި އަފްޣާނިސްތާނުގެ އެތައް މިލިއަން ބަޔަކު އެތައް ޒަމާނެއް ވަންދެން ހިނގި ހަމަނުޖެހުންތަކުގައި ހިޖުރަކުރި އެހެން ގައުމުތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ނަމަވެސް އަންގާރަ ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި އެމީހުން ވަނީ "ކުޑަ ނޯޓިސްއަކާ އެކު އަފްޣާނިސްތާނު މީހުން މަޖުބޫރުން ޑީޕޯޓް ނުކުރުމަށާއި ތައްޔާރުވުމަށް ވަގުތު ދިނުމަށް ވެސް އެދިފަ އެވެ."

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!