ވެނެޒުއެލާގެ ތެޔޮ އަގުހެޔޮނަމަ އިންޑިއާއިން ގަނެފާނެ: މިނިސްޓަރު
އިންޑިއާގެ ތެޔޮ ސާފުކުރާ ކުންފުނިތަކަށް ވެނެޒުއޭލާގެ ތެޔޮ ޕްރޮސެސް ކުރެވޭނެ ކަމަށާއި އެ ތެޔޮ ހެޔޮ އަގުގައި ލިބެން ހުރި ނަމަ އެ ގައުމު ން އެ ތެޔޮ ގަނެފާނެ ކަމަށް އިންޑިއާގެ ތެޔޮ މިނިސްޓަރު ބުދަ ދުވަހު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ތިންވަނައަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އަދި ބޭނުންކުރާ އިންޑިއާއިން ބޭނުންވާ ތެލުގެ 80 އިންސައްތަ ބޭރުން އުފުލާއިރު، އެގައުމުން ބޭނުންވަނީ ތެލުގެ އިމްޕޯޓް ބިލް ކުޑަކުރުމަށެވެ.
ވެނެޒުއެލާގެ ތެލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑަސްޓްރީގެ އިވެންޓެއްގައި ތެޔޮ މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވީ، "ބާޒާރަށް އިތުރު ސަޕްލައިތައް އަންނައިރު އަބަދުވެސް ރަނގަޅު،" ވެނެޒުއެލާގެ ތެލާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ތެޔޮ މިނިސްޓަރު ހަރްދީޕް ސިންގް ޕޫރީ ވިދާޅުވި އެވެ.
ޕޫރީ ވިދާޅުވީ ވެނެޒުއޭލާއަކީ ތެލުގެ އެންމެ ބޮޑު ރިޒާވް އޮންނަ ގައުމެއް ކަމަށާއި އެގައުމުން އުފައްދާ އުފެއްދުންތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް ހީނަރުކަމެއް އަންނާނެ ކަމަށެވެ.
ދެކުނު އެމެރިކާގެ އެ ގައުމަކީ 2019 ވަނަ އަހަރުން ފެށިގެން ދަތިކުރުމުގެ ފިޔަވަޅުތައް އަޅަމުން ދިޔަ ގައުމެކެވެ. ވެނެޒުއޭލާސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު 2024 ވަނަ އަހަރުގެ އިންތިޚާބަށް ވެނެޒުއެލާސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު ވެފައިވާ އެއްބަސްވުމާ ގުޅިގެން އެމެރިކާއިން މީގެ ދެ ހަފުތާ ކުރިން ވަނީ އެ ތަކެތި ފުޅާ ދާއިރާއެއްގައި އުވާލާފައެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓުން ނެރެފައިވާ އާ އާންމު ލައިސަންސްގައި ވެނެޒުއެލާއަށް ތެޔޮ އުފައްދައި އެކްސްޕޯޓް ކުރުމުގެ ބާރު ދީފައިވަނީ ކުރިއަށް އޮތް ހަ މަސް ދުވަހަށް އެއްވެސް ލިމިޓޭޝަނަކާ ނުލަ އެވެ.