ދުނިޔެ

ޑީޕޯޓް ކުރުން ލަސްކުރުމަށް އަފްގާނަށް ޕާކިސްތާނުގެ އާއްމުން ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގެ ރެފިއުޖީން ބޭރުކުރަން ޕާކިސްތާނުން ނިންމި ނިންމުމަކީ ބޭއިންސާފު ނިންމުމެއް ކަމަށް ބުނެ ސިޔާސީ ފަރާތްތަކާއި ދީނީ އިލްމުވެރިންނާއި ނުފޫޒުގަދަ ނަސްލުތަކުގެ ލީޑަރުން ކާބުލްއަށް ޖަމާވި އެވެ.

Ads by Sosun Fihaara

އެއްވުމުގެ ބައިވެރިން ވަނީ ޕާކިސްތާނު ސަރުކާރުން ނިންމި ނިންމުން އަލުން މުރާޖައާކޮށް އަފްޣާނިސްތާނުގެ ރެފިއުޖީން ޑީޕޯޓްކުރުން ހުއްޓާލުމަށް އެދިފަ އެވެ.

އަފްޣާނިސްތާނުގެ ރަހް-އޭ-ނެޖާތު ކައުންސިލްގެ ވެރިޔާ ސައްޔިދު އަކްބަރު އާގާ ވިދާޅުވީ ޕާކިސްތާނުގެ ސަރުކާރުން އެ މައްސަލަ ގަބޫލުކޮށް، އެ ނިންމުން ބަދަލުކޮށް، އަފްޣާނިސްތާނުގެ ރެފިއުޖީންނަށް އަމިއްލަ އިޚްތިޔާރުގައި، ޝަރަފުވެރިކަމާއެކު އަދި އަފްޣާނިސްތާނާއި ޕާކިސްތާނުގެ އެއްބަސްވުމުގެ މައްޗަށް ބިނާކޮށް އެނބުރި އައުމުގެ ފުރުސަތު ދީފިނަމަ އެންމެ ރަނގަޅު ވާނެ ކަމަށެވެ.

"ޕާކިސްތާނުން ބޭނުންވާ ކަންކަން ކޮށްދޭށޭ، އެކަމަކު އަޅުގަނޑުމެން ލަފާ ދެނީ ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަން ނިމުމަކަށް ނާންނާނެ ކަމަށް،" ޔުނިވާސިޓީގެ ލެކްޗަރާ ގުލް ރަހްމާން ކާޒީ ވިދާޅުވި އެވެ.

އަފްޣާނިސްތާނުގެ ރެފިއުޖީން މަޖުބޫރުން ބޭރުކުރުމަކީ ކާބުލް-އިސްލާމްއާބާދުގެ ގުޅުމަށް ބުރޫ އަރާނެ ކަމެއް ކަމަށާއި އަފްޣާނިސްތާނުގެ ރެފިއުޖީންނާ މެދު ކަންބޮޑުވާ ފަދައިން ބައިނަލްއަގްވާމީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެގައުމުން އަމަލު ކުރަން ޖެހޭ ކަމަށް ބައިވެރިން ބުންޏެވެ.

"ކުރީގެ ސޯވިއެޓުން ޕާކިސްތާނަށް ވަދެއްޖެނަމަ ޕާކިސްތާން ހަތަރު ބަޔަކަށް ބަހާލެވިގެން ދާނެ. އަދި އެބައިމީހުންގެ އަސްކަރީ ބާރަކަށް އެމީހުންގެ ޤައުމު ޙިމާޔަތް ނުކުރެވޭނެކަން އެމީހުންނަށް އެނގެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!