ދުނިޔެ

ޗައިނާއަށް ކުރައްވާ ދަތުރުފުޅުގައި ޓިބެޓްގެ ވާހަކަ މަޝްވަރާ ކުރަން ބައިޑަންއަށް ގޮވާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެމެރިކާގެ ރައީސް ޖޯ ބައިޑަން--

ޗައިނާގެ ލީޑަރު ޝީ ޖިންޕިން، އެތެރޭގެ ގޮތުންނާއި ފާޅުގައި ވެސް އަންނަ މަހު އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމުގެ ތެރެއިން.--- ފޮޓޯ: ނިޝާން އަލީ/ މިހާރު

Ads by Sosun Fihaara

"ޓިބެޓަން ޕޮލިސީ އެކްޓްގެ ދަށުން ރައީސާއި ސެކްރެޓަރީ އޮފް ސްޓޭޓް ޗައިނާގެ ލީޑަރުންނާ އެކު ބާއްވާ ބައްދަލުވުންތަކުގައި ދަލައި ލާމާ ނުވަތަ އޭނާގެ މަންދޫބުންނާ އެކު މަޝްވަރާއަށް ހިތްވަރު ދީ، ޓިބެޓާ ބެހޭ ގޮތުން މަޝްވަރާކޮށްގެން އެއްބަސްވުމަކަށް އައުމަށް ބާރު އަޅަން ޖެހޭނެ،" އައިސީޓީގެ ރައީސް ޓެންޗޯ ގިޔަޓްސޯ ވިދާޅުވި އެވެ.

ނޮވެމްބަރު މަހުގެ 11-17 އަށް ސެން ފްރެންސިސްކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން ސަމިޓުގެ ހަވާސާގައި ބައިޑަން ޝީއާ ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.

ޗައިނާގެ ލީޑަރުން ވަނީ 2002 އިން 2010 އަށް ދަލައި ލާމާގެ މަންދޫބުންނާ އެކު 10 ބުރުގެ މަޝްވަރާތައް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ފަހުން ޓިބެޓްގެ ހާލަތު ގޯސްވަމުން އަންނައިރު އިތުރު މަޝްވަރާއެއް ނުކުރެ އެވެ.

ކުރިއަށް އޮތް ބައިޑަން-ޝީ ބައްދަލުވުން އެނގުމާ އެކު އޮކްޓޫބަރު މަހުގެ ފަހުކޮޅު، ޓިބެޓާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރަން ޖެހޭ ކަން އައިސީޓީން ދަނީ ބައިޑަންގެ ސަރުކާރަށް އަބަދުވެސް އަންގަމުންނެވެ.

އެހެންކަމުން، ރައީސް ބައިޑަން ބޭނުންފުޅުވަނީ ހަމައެކަނި ޓިބެޓް ޑޫރިން އުފުއްލަވާކަށް ނޫން

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!