ވޯލްޑް ލީޑިން ޑެސްޓިނޭޝަން އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެ

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑަށް ރާއްޖެ ނޮމިނޭޓް ވެއްޖެއެވެ.
ރާއްޖެއިން ވަނީ ފާއިތުވި 3 އަހަރު ވެސް ލީޑިން ޑެސްޓިނޭޝަން އެވޯޑް ހާސިލުކޮށްފައެވެ.
މި އަހަރު މުޅި ދުނިޔެއިން ރާއްޖެ އިތުރު ހަ ދާއިރާއަކުން ނޮމިނޭޓް ވެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ވޯލްޑްސް ލީޑިން ބީޗް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ޑައިވް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ހަނީމޫން ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން އައިލެންޑް ޑެސްޓިނޭޝަން، ވޯލްޑްސް ލީޑިން ޓުއަރިސްޓް ބޯޑް އަދި ވޯލްޑްސް މޯސްޓް ރޮމޭންޓިކް ޑެސްޓިނޭޝަންއެވެ.
ޑަބްލިއުޓީއޭގައި ލީޑިން ޑެސްޓިނޭޝަން އެވޯޑަށް އޮންލައިންކޮށް ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، ރާއްޖެ ވާދަ ކުރަނީ 17 ގައުމަކާއެވެ.