ދުނިޔެ

އިންޑިއާއިން ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފަސް އަހަރަށް އިތުރުކުރާނެ: މޯދީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބާ ދިމާކޮށް ސީރިއަލްގެ އަގު ބޮޑުވުމުން ކަސްޓަމަރުން ސަލާމަތް ކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި އިންޑިއާއިން ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދިނުމުގެ ޕްރޮގްރާމް ފަސް އަހަރަށް އިތުރުކުރަން ނިންމާފައިވާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

Ads by WAMCO

މި މުއްދަތު އިތުރުކުރުމުން ކަސްޓަމަރުންނަށް ލުޔެއް ލިބިގެންދާނެ ކަމަށާއި ނަމަވެސް މިކަމުގެ ސަބަބުން ސަރުކާރުގެ ޚަރަދުތައް ވެސް އިތުރުވެ، 800 މިލިއަނަށްވުރެ ގިނަ މީހުންނަށް ހިލޭ ކާޑުގެ ބާވަތްތައް ފޯރުކޮށްދޭ ވެލްފެއާ ޕްރޮގްރާމް ދެމެހެއްޓުމަށް ޓަކައި ދަނޑުވެރިންގެ އަތުން އިތުރު ހުއިފިލަނޑާ އާއި ހަނޑޫ ގަންނަން ޖެހޭ ކަމަށެވެ.

މޯދީ މިކަން ކަށަވަރުކޮށްދެއްވީ މި މަހުގެ ތެރޭގައި އިންޑިއާގެ މެދުތެރޭގެ ސްޓޭޓެއް ކަމަށްވާ ޗައްތިސްގަރްގެ ސިޓީއެއް ކަމަށްވާ ދުރްގްގައި ބޭއްވި އިންތިހާބީ އެއްވުމެއްގަ އެވެ.

މި އަހަރު ގާތްގަނޑަކަށް ދެ ޓްރިލިއަން ރުޕީސް (24.06 ބިލިއަން ޑޮލަރު) ސަރުކާރަށް ހަރަދުވާނެ ކަމަށް އަންދާޒާ ކުރި ގްރޭންސް ޕްރޮގްރާމުގެ މުއްދަތު މި އަހަރު ނިމުމުގެ ކުރިން ހަމަވާނެ އެވެ.

ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަނޑޫ އަދި ހަނޑޫ އުފައްދާ ގައުމު ކަމަށްވާ އިންޑިއާއިން ވަނީ އަމިއްލަ ގައުމުގައި އަގު ބޮޑުވުން ހުއްޓުވުމުގެ ގޮތުން މި ދެ ސީރިއަލް އެކްސްޕޯޓް ކުރުން މަނާކޮށްފަ އެވެ.

މުމްބާއީގެ ގްލޯބަލް ޓްރޭޑް ހައުސްއެއްގެ ޑީލަރަކު ބުނި ގޮތުގައި މި ޕްރޮގްރާމް ހިންގުމަށް ދަނޑުވެރިންގެ އަތުން ގަންނަން ޖެހޭތީ އެކްސްޕޯޓު ކުރުމުގެ ފިޔަވަޅުތައް ދިގު މުއްދަތަކަށް ހިފަހައްޓަން ސަރުކާރަށް މަޖުބޫރުވާނެ އެވެ.

"އެކްސްޕޯޓު ކުރުން މަނާނުކޮށް، ލޯކަލް އަގުތައް ސަރުކާރުން ކަނޑައަޅާފައިވާ ފްލޯ ޕްރައިސްއަށް ވުރެ މައްޗަށް ގޮސް، އެކަށީގެންވާ މިންވަރަށް އެތަކެތި ނުހޯދޭނެ،" އޭނާ ވިދާޅުވި އެވެ.

ފާއިތުވި އަށް އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިއާގެ ހަނޑޫ އުފައްދާ މިންވަރު މިއަހަރު ދަށަށް ދާނެ ކަމަށް ބެލެވޭއިރު، އިންތިހާބާ ދިމާކޮށް ކާބޯތަކެތީގެ އަގުތަކަށް ހުރަސް އެޅުމުގެ ގޮތުން ނިއު ދިއްލީން ކާޑުގެ ބާވަތްތައް އެކްސްޕޯޓު ކުރުން މަނާކުރުން އިތުރުކުރާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!