މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ކެނެޑާއިން ހުއްޓާލި ކަމަށް އިންޑިއާގެ މިނިސްޓަރު ވިދާޅުވެއްޖެ
މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލުމަށް އިންޑިއާ އާއި ކެނެޑާއާ ދެމެދު މަޝްވަރާތައް މެދުކަނޑާލާފައިވާ ކަމަށް އިންޑިއާގެ ޓްރޭޑް މިނިސްޓަރު ޕިއުޝް ގޯޔަލް ވިދާޅުވި އެވެ.
ހޮނިހިރު ދުވަހު ހިންދުސްތާން ޓައިމްސް ލީޑާޝިޕް ސަމިޓުގައި ގޯޔަލް ވިދާޅުވީ ކެނެޑާގެ ބައެއް ސިޔާސީ ބޭފުޅުންގެ މެދުގައި ބައެއް އޮޅުންތައް އެބަހުރި ކަމަށާއި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ.
ގޯޔަލް ވިދާޅުވީ މިކަމުގެ ސަބަބުން ކެނެޑާއަށް އިތުރު ގެއްލުމެއް ލިބިގެންދާނީ އިންޑިއާގެ މާކެޓް ބޮޑުވެ އިތުރު ފުރުސަތުތަކެއް ލިބޭތީ ކަމަށެވެ. އަދި އެއްބަސްވުމާ ގުޅޭ ގޮތުން އިނގިރޭސިވިލާތާ އެކު މަޝްވަރާތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެނެޑާ އާއި އިންޑިއާގެ ގުޅުން ހީނަރުވެފައި މިވަނީ ބްރިޓިޝް ކޮލަމްބިއާގައި ސިކް ވަކިވެގަތުމުގެ ލީޑަރަކު އަވަހާރަކޮށްލުމުގައި ނިއު ދިއްލީއިން ރޭވި ކަމަށް ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރެއްވުމާ ގުޅިގެންނެވެ.
2022-23 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި 8.16 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ މުއާމަލާތްތައް ހުރިއިރު، އިންޑިއާ އިން އެމެރިކާއާ އެކު ކުރި ވިޔަފާރީގެ އަދަދު ވަނީ 128.7 ބިލިއަން ޑޮލަރަށް އަރާފަ އެވެ. ނަމަވެސް އިންޑިއާއަކީ ޕޮޓޭޝް ބޭނުންތަކަށް ގާތްގަނޑަކަށް މުޅިން ވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމަކަށް ވާއިރު، ދުނިޔޭގެ އެންމެ ބޮޑު އެކްސްޕޯޓް ކުރާ ކެނެޑާއިން ގިނަ އަދަދެއްގެ ކްރޮޕް ނިއުޓްރިއަންޓް ގަނެއެވެ.