އަފްގާނިސްތާނުން ޕާކިސްތާނަށް އިންޒާރު

އަފްޣާނިސްތާނު މީހުންނާ މެދު "އަނިޔާވެރި" އަމަލުނުކުރާނެ ކަމުގެ އިންޒާރު އެކްޓިން ޑިފެންސް މިނިސްޓަރު ޕާކިސްތާނަށް ދެއްވައިފިއެވެ.
މުޖާހިދު ނެރުއްވި އޯޑިއޯކްލިޕްގައި ވަނީ ޕާކިސްތާނުގެ ސަރުކާރަށް ގޮވާލައްވާފައި ވަނީ "އަފްޣާނިސްތާނު މީހުންނަށް އަނިޔާވެރި ނުވުމަށާއި، އެމީހުންގެ އަމިއްލަ މުދަލާއި މުދާ ނުހިފެހެއްޓުމަށެވެ.
އަފްޣާނިސްތާނުގެ ރެފިއުޖީންނާ މެދު ޕާކިސްތާނުގެ ބަލަހައްޓާ ސަރުކާރުން އަމަލުކުރާ ގޮތާ މެދު މައުލަވީ މުހައްމަދު ޔައުގޫބު މުޖާހިދު ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ވިދާޅުވީ އަފްޣާނިސްތާނުން ބޭރުކުރަން ނިންމީ އެއްފަރާތަކުން ކަމަށާއި އެފަދަ އަމަލުތަކުގެ ނަތީޖާއާ މެދު ޕާކިސްތާނުން ވިސްނަން ޖެހޭ ކަމަށެވެ.
މުޖާހިދު ނެރުއްވި އޯޑިއޯކްލިޕްގައި ވަނީ ޕާކިސްތާނުގެ ސަރުކާރަށް ގޮވާލައްވާފައި ވަނީ "އަފްޣާނިސްތާނު މީހުންނަށް އަނިޔާވެރި ނުވުމަށާއި، އެމީހުންގެ އަމިއްލަ މުދަލާއި މުދާ ނުހިފެހެއްޓުމަށެވެ.
"އެއްވެސް ގާނޫނަކުން ނުވަތަ އުސޫލަކުން އެބޭފުޅުންނަށް އެކަން ނުކުރެވޭނެ. އެފަދަ އަމަލުތަކާ މެދު ސުވާލު އުފެދޭނެ،" އޭނާ ވިދާޅުވި އެވެ. އަދި އެކަން ހުއްޓުވުމަށް ހުރިހާ ހައިސިއްޔަތަކުން މަސައްކަތް ކުރާނެ ކަމަށާއި އަފްޣާނިސްތާނުގެ އަޚުންގެ އަމިއްލަ މުދާ ހިފަހައްޓައި ވައްކަން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދޭނެ ކަމަށެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައާއި އދ އަދި އެހެނިހެން ޖަމިއްޔާތަކުން ޕާކިސްތާނަށް "ރެފިއުޖީންނާ މެދު މިހާރު އޮތް ހާލަތު" ނިމުމަކަށް ގެނައުމަށް ބާރު އެޅުމަށް ވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.
"ރެފިއުޖީން އެމީހުންގެ ގައުމަށް ފޮނުވި ނަމަވެސް އެ މީހުން [ރެފިއުޖީން] ޝަރަފުވެރިކަމާ އެކު ގައުމަށް ފޮނުވައިގެން އެނބުރި ގައުމަށް ދާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.