ދުނިޔެ

ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްއިން ފިލިޕީންސް ވަކިވާން ނިންމައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ގެ ދަށުން ހިންގާ އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހުޅަނގު އަދި ޖަޕާނުގެ ވާދަވެރިންނަށް ތާއީދުކޮށް ފިލިޕީންސްގެ ޑިޕާޓްމަންޓް އޮފް ޓްރާންސްޕޯޓުން އިއުލާނުކޮށްފައި ވަނީ ޖިއޮޕޮލިޓިކަލް އިމްޕްލިކޭޝަންތަކާ އެކު ބޮޑު ކުރިއެރުމެއްގެ ގޮތުގަ އެވެ.

Ads by WAMCO

ފިލިޕީންސްގެ ސެނެޓުން ބުނާ ގޮތުގައި އިގްތިސާދީ އަދި ސިޔާސީ ސަބަބުތަކުގެ ސަބަބުން ޗައިނާއިން ފިލިޕީންސްގައި ކުރާ އިންވެސްޓްމަންޓްގެ މުހިންމު ހުރިހާ މަސައްކަތެއް މިހާރު ވަނީ ފޮރުވިފަ އެވެ.

ރައީސް ޑުޓާޓޭގެ ވެރިކަމުގައި ފިލިޕީންސްގައި ޗައިނާގެ ޑިޕްލޮމެޓިކް ވިސްނުމަކީ "ޕްލެޖް ޓްރެޕް" ޑިޕްލޮމަސީގެ ގޮތުގައި ސިފަކޮށްފައިވާ އިރު، ދެކުނު ޗައިނާ ކަނޑުގައި ލުއިދިނުމުގެ ބަދަލުގައި ބޮޑެތި އިންވެސްޓްމަންޓްތައް ހިމެނޭ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ނަމަވެސް، އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ވައުދުވި 24 ބިލިއަން ޑޮލަރުގެ ބޮޑު ބައެއް ހަގީގަތަކަށް ނުވި ކަމަށް އޭޝިއާ ޗައިނާ އާއި ފިލިޕީންސްގެ ކަނޑުގެ އުޅަނދުފަހަރާ ދެމެދު ދާދި ފަހުން ހިނގި އެކްސިޑެންޓާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ ފިލިޕީންސް-އެމެރިކާގެ ޝަރުތުތަކާ އެއްގޮތަށް އަމަލު ކުރައްވާކަން ހާމަކުރައްވާފައެވެ. ސައުތު ޗައިނާ ކަނޑުގައި ތިބޭ ފިލިޕީންސްގެ އުޅަނދުފަހަރާއި މަތިންދާބޯޓު ނުވަތަ ސިފައިންނަށް ދޭ ކޮންމެ ހަމަލާއަކަށް އެމެރިކާއިން ރައްދު ދޭނެ ކަމަށް މިއުޗުއަލް ޑިފެންސް ޓްރީޓީ (އެމްޑީޓީ) އިން ބުނެފި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!