ދުނިޔެ

އިންޑިއާއިން ޕިލިޕީންސްއަށް 6 ހެލިކޮޕްޓަރު ހަދިޔާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފިލިޕީންސްގެ ރައީސް އާދީއްތަ ދުވަހު ނެރުއްވި ރަސްމީ ބަޔާނެއްގައި ވިދާޅުވީ ފިލިޕީންސްގައި ދިމާވާ ކާރިސާތަކުގައި ފިލިޕީންސްގެ ކޯސްޓްގާޑުން ސަލާމަތްކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ބޭނުންކުރާނެ މަދުވެގެން ހަތް ހެލިކޮޕްޓަރު އިންޑިއާއިން ފިލިޕީންސަށް ހުށަހަޅަމުން އަންނަ ކަމަށެވެ.

Ads by WAMCO

މި ހުށަހެޅުން ހުށަހަޅާފައި މިވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މެނީލާ އިން ޗައިނާއާއެކު އޮތް ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.

ފިލިޕީންސްގެ ރައީސް ފާޑިނަންޑް އާރް މާކޯސް ޖޫނިއާ ވިދާޅުވީ ޕީސީޖީއަށް ހެލިކޮޕްޓަރު ދިނުމަށް އިންޑިއާއިން ހުށަހެޅި ހުށަހެޅުމަކީ ފިލިޕީންސް ސަރުކާރުން މީހުން ސަލާމަތްކުރުމާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެ ގައުމުގެ ގާބިލްކަން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނެ ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

އަދި މިއީ ޕީސީޖީގެ މެރިޓައިމް އޮޕަރޭޝަންތަކަށް ވެސް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަނީ އަޅުގަނޑުމެންގެ ކެޕޭސިޓީ - އަޅުގަނޑުމެންގެ ގާބިލުކަން ކޯސްޓްގާޑަށް ބަލާއިރު، އަޅުގަނޑުމެންގެ ގާބިލުކަން އިތުރުކުރުމަށް- ހަމަ ޔަގީނުން ވެސް ސާޗް އެންޑް ރެސްކިއު އަކީ އަބަދުވެސް އެންމެ ބޮޑު ވިސްނުމެއް،" ރައީސް މާކޯސް ވިދާޅުވި އެވެ.

"ތިޔަބޭފުޅުންނަށް މި ޚަބަރު އިވިވަޑައިގަންނަވާއިރު، ޙަޤީޤަތުގައިވެސް އަޅުގަނޑުމެން ނަށް ކުރިމަތިލާންޖެހިފައިވާ، އަޅުގަނޑުމެންގެ ޤާބިލުކަން އިތުރުކުރަންޖެހޭ، ދެމެހެއްޓެނިވި މައްސަލައެއް އެބައޮތް،" ރައީސް ވިދާޅުވިއެވެ.

މާކޯސް މިހެން ވިދާޅުވީ އިންޑިއާއިން ފިލިޕީންސަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޝަމްބޫ ކުމާރަން މިދިޔަ ހަފުތާގައި ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި، ފިލިޕީންސާއި އިންޑިއާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!