ޕާކިސްތާނުގައި އަންހެނުންނާއި ކުޑަކުދިންގެ ސަލާމަތާއި ރައްކާތެރިކަމަށް އދ އިން ގޮވާލައިފި
ޕާކިސްތާނުގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުގެ ކެމްޕޭނެއް ޕާކިސްތާނުން ފަށާފައިވާއިރު، ކުޑަކުދިންނާއި އާއިލާތަކުގެ ރައްކާތެރިކަމަށް އދގެ ތިން އިދާރާއަކުން ގޮވާލައިފި އެވެ. އދ.ގެ އެޖެންސީތަކުން ބުނަނީ ޕާކިސްތާނުގައި ހިނގާބިނގާވެ އުޅުމާއި ޑިޓެންޝަން ސެންޓަރުތަކުގައި، ބޯޑަރު ހުރަސްކޮށް އަދި އެނބުރި އަފްޣާނިސްތާނަށް ދިއުމުން ކުޑަކުދިންނަށް ރައްކާތެރިކަމުގެ ބޮޑެތި ނުރައްކާތައް ކުރިމަތިވާ ކަމަށެވެ.
އދ.ގެ ރެފިއުޖީންގެ އެޖެންސީ، އައިއޯއެމް އަދި އދ.ގެ ކުޑަކުދިންގެ ފަންޑު ކަމަށްވާ ޔުނިސެފުން ދަނީ ޕާކިސްތާނުގައި ނިކަމެތި ކުޑަކުދިންނާއި އާއިލާތަކާއި ރެފިއުޖީން ބޭތިއްބުމަށް އެހީތެރިކަން އިތުރުކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އިލްތިމާސްކުރަމުން ކަމަށް އދގެ ތިން އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެއެވެ.
ކުޑަކުދިންގެ ސަލާމަތަށް ޖިސްމާނީ ގޮތުން ނުރައްކާވުމާއި، އާއިލާ ވަކިވުމާއި، ހިތްދަތިކަމާއި، ބިރުވެރިކަމާއި ގޯނާކުރުމާއި އެކްސްޕްލޮއިޓޭޝަންފަދަ ނުރައްކާތައް ކުޑަކުދިންނަށް ކުރިމަތިވެއެވެ. މީގެ އިތުރުން ޔޫއެންއެޗްސީއާރް އާއި އައިއޯއެމް އިން ވަނީ ޕާކިސްތާނުގައި މިހާރު ވެސް ހިމާޔަތް ބޭނުންވާ ފަރާތްތައް ރަޖިސްޓްރީކުރުމާއި މެނޭޖްކުރުމާއި ސްކްރީން ކުރެވޭނެ ނިޒާމެއް ގާއިމުކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
އަފްޣާނިސްތާނުގެ ގިނަ މީހުންނަކީ ޕާކިސްތާނުގައި ހައްޔަރުކޮށް ނުވަތަ ޑީޕޯޓްކޮށްފާނެ ކަމުގެ ބިރަށް މިހާރު އެނބުރި އަންނަ އަފްޣާނިސްތާނު މީހުންނެވެ. އަފްޣާނިސްތާނަށް މިހާރު ކުރިމަތިވެފައި ވަނީ އިންސާނީ ހައްގުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ގަދަ ފިނި މޫސުމުގެ ނުރައްކާ ބޮޑުވެފައިވާ އިންސާނީ ކާރިސާއެކެވެ. އެ ގައުމުގެ ގާތްގަނޑަކަށް 30 މިލިއަން މީހުންނަށް އިންސާނީ އެހީތެރިކަން ބޭނުންވާ އިރު، 3.3 މިލިއަން މީހުން ނަކީ އެތެރޭގެ ގެދޮރު ގެއްލިފައިވާ މީހުން ކަމަށް ޑޯން އިން ބުނެ އެވެ.