މުނިފޫހިފިލުވުން

ނޭހާ ކައްކަރު ޗުއްޓީ ހޭދަކުރަން ރާއްޖޭގައި

ރައުފާ ރަޝީދު ، ދެން އޮންލައިން

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ނޭހާ ކައްކަރު ޗުއްޓީއަށް ރާއްޖެ އަތުވެއްޖެއެވެ.

Ads by MWSC

ނޭހާ ޗުއްޓީ ހޭދަކުރަމުންދަނީ ނ. އަތޮޅުގައި ހިންގަމުން ގެންދާ ސަން ސިޔާމް އިރުފުށި ރިސޯޓްގައެވެ.

މި ދަތުރުގައި ނޭހާގެ ފިރިމީހާ ރޯހަންޕްރީތު ސިންގު އާއި މައިންބަފައިންނާއި އަދި އާއިލާގެ އެހެން ބައެއް މެމްބަރުން ވެސް ބައިވެރިވެއެވެ.

ނެހާ ވަނީ ޓްރާންސް މޯލްޑިވިއަން އެއާވޭސްގެ ސީޕްލޭން ފެންނަހެން ކައިރީގައި ތިބެ އާއިލާއާ އެކު ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ.

ނެހާ ވަނީ މީގެ ތިން އަހަރު ކުރިން ފިރިމީހާ ރޯހަން ޕްރީތު ސިންގްއާއެކު ހަނީމޫންއަށް ވެސް ރާއްޖެ އައިސްފައެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!