ޚަބަރު

އިތުރު ރިސާޗް އުޅަނދެއް ލަންކާއަށް ވަނުމުގެ ހުއްދަ ޗައިނާއިން އެދިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަހަރުގެ ކުރީކޮޅު ޗައިނާއިން އިތުރު ރިސާޗް އުޅަނދަކަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުގެ ހުއްދައަށް އެދުނު ނަމަވެސް އެ ހުއްދަ އަދި ނުލިބޭ ކަމަށް ސަރުކާރުގެ ދެ މަސްދަރަކުން ބުނެފިއެވެ.

Ads by Hajj Corporation

ނަމަވެސް ކުރިން އެޕްރޫވްކުރި ރިކުއެސްޓްތަކާ ހިލާފަށް އެންމެ ފަހުގެ ރިކުއެސްޓް އައިސްފައި ވަނީ ލޯކަލް ޕާޓްނަރަކާއި ބެއިޖިން އިން ކަނޑައަޅާ ރިސާޗް އޭރިއާއަކާ ނުލައި ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.

ސްރީލަންކާ ސަރުކާރުގެ އިސް އޮފިޝަލަކު އިކޮނޮމިކްނެކްސްޓްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ހުއްދަ އަދި ދީފައި ނުވާ ކަމަށާއި މި ރިސާޗް ޝިޕް އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އައުމަށް ހުއްދައަށް ޗައިނާއިން އެދިފައިވާ ކަމަށެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ކަޕިލާ ފޮންސެކާ ވިދާޅުވީ ޗައިނާއިން އެދުނު ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި، ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން އިކޮނޮމިކްނެކްސްޓުން މަސައްކަތް ކުރި ނަމަވެސް އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.

އިންޑިއާއިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ބެއިޖިންއިން ވަނީ ދެ ރިސާޗް އުޅަނދެއް ފޮނުވާފައެވެ.

ޗައިނާގެ ރިސާޗް ޝިޕް ޝީ ޔާން 6 މިދިޔަ ހަފުތާގައި ސްރީލަންކާއަށް ގޮސްފައިވަނީ އެ ގައުމުގެ ނޭޝަނަލް އެކުއަޓިކް ރިސޯސަސް ރިސާޗް އެންޑް ޑިވެލޮޕްމަންޓް އެޖެންސީ (ނާރާ) އާ ގުޅިގެން "ޖިއޮފިޒިކަލް ސައިންޓިފިކް ރިސާޗް" ހަދާފައިވާ ކަމަށް ބުނެ އެވެ.

އަލަށް އެޅި ފިޔަވަޅަކީ އިންޑިއާ ކަނޑުގައި ޗައިނާގެ ނުފޫޒު އިތުރުވަމުންދާތީ އަވަށްޓެރި އިންޑިއާގެ ކަންބޮޑުވުންތަކަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ފިޔަވަޅެކެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ޗައިނާގެ ކަނޑުގެ ސިފައިންގެ އުޅަނދެއް ކަމަށްވާ ޔުއާން ވަންގް 5 ވަނީ ލަންކާގެ ދެކުނުގެ ހަމްބަންޓޯޓާއަށް ބަނދަރުކޮށްފަ އެވެ. (ކޮލަމްބޯ/ނޮވެމްބަރު 5/2023)

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!