ދުނިޔެ

ޕާކިސްތާނުން ދަރަނި އަދާކުރުމުގެ ޚަރަދު 8.5 ޓްރިލިއަން ރުޕީސްއަށް އަރާނެކަމަށް އައި.އެމް.އެފްއަށް އަންގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އަށް އަންގާފައިވާ ގޮތުގައި ދަރަނި އަދާކުރުމުގެ ހަރަދު 8.5 ޓްރިލިއަން ރުޕީސް (ޕީކޭއާރު) އަށް އަރާނެ އެވެ.

Ads by Sosun Fihaara

އިޤްތިޞާދީ ޙާލަތު ގޯސްވުމުގެ ސަބަބުން މިއަހަރު ބޭރުގެ ދަރަނީގެ ގޮތުގައި ގާތްގަނޑަކަށް 6.5 ބިލިއަން ޑޮލަރު ހޯދުމުގައި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

މި އެކްސްޓާނަލް ފައިނޭންސިންގެ ފަރަގު ފޫބެއްދުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކުން ވަނީ އައިއެމްއެފްގެ ޕްރޮގްރާމާ އެކު މަސައްކަތް ކުރަމުން ދިޔަ ނަމަވެސް އައިއެމްއެފްގެ އެހީތެރިކަމަށް އެދިފަ އެވެ. ދަ އެކްސްޕްރެސް ޓްރިބިއުން އިން ބުނި ގޮތުގައި އިންޓަރެސްޓް ދެއްކުމަށް މާ ބޮޑު ހޭދައެއް ކުރުމާއި އިގްތިސާދީ ހާލަތަށް ގޮންޖެހުމުގައި ބޭރުގެ ދަރަނި އުފުލުމުގައި ދިމާވާ ދަތިތަކަކީ 710 މިލިއަން ޑޮލަރުގެ ލޯނުގެ މުއާމަލާތެއް ގެނައުމަށް މަޝްވަރާތަކުގައި މައިގަނޑު ކަންބޮޑުވުމެވެ.

އައިއެމްއެފުން ވަނީ ސުވާލު އުފައްދައި އަންނަ ހަފުތާގައި އެސެސްމަންޓް ދޭނެ ކަމަށް ބުނެފަ އެވެ. ސަރުކާރުގެ މަސްދަރުތަކުން ހާމަކޮށްފައިވާ ގޮތުގައި އައިއެމްއެފްގެ މުވައްޒަފުން ލަފާކުރާ ގޮތުގައި ޕާކިސްތާނުގެ ބަޖެޓް ޑެފިސިޓް އިބްތިދާއީ އަންދާޒާއަށްވުރެ މައްޗަށް ދާނެ ކަމަށް ލަފާކުރެވެނީ ދަރަނި އަދާކުރުމުގެ ޚަރަދު ބޮޑުވުމުގެ ސަބަބުންނެވެ.

ޕާކިސްތާނުގެ ޑެޓް މެނޭޖްމަންޓް އޮފީހާއި، މުވައްޒަފުން މަދުވުމާއި، ބޭރުގެ ފަންޑުގައި ހިންގާ ކޮންސަލްޓެންޓުންނަށް ބަރޯސާވުމުގެ ކަންބޮޑުވުންވެސް މަޝްވަރާތަކުގައި ވަނީ ހިމަނާފައެވެ.

މި އަހަރުގެ ތެރޭގައި އިންޓްރެސްޓް ކޮސްޓް 8.5 ޓްރިލިއަން ރުޕީސް އަށް އަރާނެ ކަމަށް އައިއެމްއެފްއަށް އަންގާފައިވާއިރު، ދަރަނީގެ މެޗޫރިޓީ ޕްރޮފައިލްތަކަށް އެޑްޖަސްޓްކޮށްގެން މި ޕްރޮޖެކްޝަން ދަށްކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!