ބޭރުގެ ސިފައިން ބޭލުމަކީ ފަސޭހަ ކަމެއްތޯ ނޫންތޯ ބެލުން މުހިންމެއް ނޫން، އެއީ ކުރަން ޖެހޭ ކަމެއް: ފިރުޒުލް
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ފަސޭހަ ނުވަތަ އުނދަގޫ ކަމެއްތޯ ބެލުން މުހިންމު ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހޭ ކަމެއް ކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ވިދާޅުވެއްޖެއެވެ.
އިންތިޤާލީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރުޒުލް ވިދާޅުވީ، ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިން ބޭތިއްބެން ނެތް ކަމަށެވެ.
"އެހެންވީމަ، ފަސޭހަތޯ، ފަސޭހަ ނޫންތޯ، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް މުހިންމު ނުކުތާއެއް ނޫން. އެމަނިކުފާނަށް ޔަޤީންކަން އެބައޮތް، ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ޑިޕްލޮމެޓިކް ޗެނަލްތަކުގެ ތެރެއިން، އެކަން ހާސިލުކުރެވޭނެ ކަމަށް. މިހައިތަނަށް އަޅުގަނޑުމެންނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، އިންޑިއާގެ ފަރާތުން ވެސް، އިންޑިއާގެ ސަފީރު ވެސް އެކަމަށް ޕޮޒިޓިވް ޖަވާބެއް ދެއްވައިފައި ވަނީ." އޭނާ ވިދާޅުވިއެވެ.
ފިރުޒުލް މިއަދު ވެސް ތަކުރާރު ކުރެއްވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ އަދަދު އަދިވެސް ސާފު ނުވާ ކަމެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ އިންތިޚާބީ ރައީީސް ޑރ.މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ. އެމަނިކުފާނު ރިޔާސީ ކެމްޕެއިންގައި ވެސް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ، އެންމެ މުހިންމު ވަޢުދުފުޅަކީ މިނިވަންކަން ދިފާޢު ކޮށްދެއްވުން ކަމުގައެވެ.
އެކަންމުހިއްމުނުވީކީއްވެއެއަށްވުރެބޮޑުކަމެއްނެތިގެންމިހައިދުވަސްވާންދެންހަޅޭލެވީއެކަމަކުމިއަދަކުމުހިއްމެއްނުވި
އޭރުންއެވާހަކަދައްކާކައްވެސްނުޖެހޭ
މިހާރު މިއޮތް ސަރުކާރުން އެމީހުން ދިޔުމުގެ ކުރިން ރާއްޖޭގެ އެތަން މިތަނުގަ އެކިނަންނަމުގަ ގެނެސްފަ ތިބި ގިނަ އަދަދެއްގެ އިންޑިއާ ސިފައިން ފުރުވާލަމުން ދާވަހަކަ އަޑުއިވޭ! އިބޫ ކީކޭތޯ ވިދާޅު ވަނީ؟ ފޮރިންމިނިސްޓަރ، ޑިފެންސް މިނިސްޓާ، ސޭކް އިމްރާން، އަދި ރައީސް ހިމެނޭގޮތަށް ތަހުގީގެއް ހިންގަންޖެހޭ، ގައުމަށާއި ރައްޔިތުންނަށް ޢައްދާރު ވެއްޖެ. އަދިވެސް ދަނީ ހަގީގަތް ފޮރުވަމުން އޮޅުވާލަމުން.