ޖައިޝަންކަރު، ދިއްލީގެ ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައި ޖީ-20 ގެ ސަފީރުންނަށް މަރުހަބާ ދަންނަވައިފި
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވަނީ ޖީ-20 ގެ މެމްބަރުންނާއި ގެސްޓް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަފީރުންނަށް މަރުހަބާ ދަންނަވާފައެވެ.
ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައި ބޭއްވި މި ހަރަކާތުގައި ޖައިޝަންކަރު ވިދާޅުވީ ސަފީރުންނަށް މެހުމާންދާރީ އަދާކުރެއްވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށާއި އިންޑިއާގެ ވެރިކަމުގައި އެ ބޭފުޅުން ދެއްވި ފުރިހަމަ އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"ޖީ-20 ގެ މެމްބަރުންނާއި ގެސްޓް ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ސަފީރުން މިއަދު ޔަޝޯބޫމީ ކޮންވެންޝަން ސެންޓަރުގައި ބޭއްވުމަކީ އުފާކުރާ ކަމެއް. އަޅުގަނޑުމެންގެ ވެރިކަމުގައި އެބޭފުޅުން ދެއްވި ފުރިހަމަ އެއްބާރުލެއްވުމަށް ޝުކުރު ދަންނަވަން،" ޖައިޝަންކަރު އެކްސްގައި ލިޔުއްވާފައިވެ އެވެ.
އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީ ފަދައިން އެންމެ ޒަމާނީ ޔަޝޯބޫމީ ކޮންވެންޝަން އެންޑް އެކްސްޕޯ ސެންޓަރުން "ބާރަތުގެ ގާބިލްކަން" ދައްކުވައިދޭ ކަމަށާއި ކުރިއަށް އޮތް ތަނުގައި ބައިނަލްއަގްވާމީ ޝަރަފުވެރި އިވެންޓްތައް ބޭއްވުމަށް ވަރަށް ރަނގަޅު ތަނަކަށް އެތަން ވެގެންދާނެ ކަން ޔަގީން ކަމަށް ވެސް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޖީ20 ޕްރެޒިޑެންސީ ފަދައިން މި އެންމެ ޒަމާނީ ކޮންވެންޝަން އެންޑް އެކްސްޕޯ ސެންޓަރުން ވެސް ދައްކުވައިދެނީ ބާރަތުގެ ގާބިލްކަން. ކުރިއަށް އޮތް ތަނުގައި ބައިނަލްއަގްވާމީ ޝަރަފުވެރި އިވެންޓްތަކަށް މިއީ ވަރަށް ރަނގަޅު ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް،" އީއޭއެމްގެ ޕޯސްޓުގައި ވެ އެވެ.
ދުނިޔޭގެ ފެންވަރުގެ އިންފްރާސްޓްރަކްޗާއެއް އޮތުމުގެ ތަސައްވުރުގައި އިމާރާތްކޮށްފައިވާ ޔަޝޯބޫމީ ސެންޓަރަކީ ދުނިޔޭގެ އެންމެ ބޮޑެތި މައިސް (ބައްދަލުވުންތަކާއި އިނާޔަތްތަކާއި ކޮންފަރެންސްތަކާއި އެގްޒިބިޝަންތައް) ފެސިލިޓީތަކުގެ ތެރޭގައި ހިމެނޭ ސެންޓަރެކެވެ.
ޖީ-20 ސަމިޓަށް ފަހު އިންޑިއާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު ބްރެޒިލަށް ޖީ-20 ގެ ރައީސްކަމުގެ ސެރެމޯނިއަލް ގެވެލް ފާސްކޮށްފަ އެވެ.