ދުނިޔެ

ޕާކިސްތާނުގެ ރަސްމީ އިގްތިސާދުގެ 20 އިންސައްތަ އަކީ ގާނޫނާ ހިލާފު ވިޔަފާރި: ބިޒްނަސް ކައުންސިލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނަށް ޓެކްސްގެ ގޮތުގައި ލިބޭ އެތައް ބިލިއަން ޑޮލަރެއްގެ ގެއްލުމެއް ލިބި، އެ ގައުމުގެ ރަސްމީ ދާއިރާ އަށް ބުރޫ އަރާފައިވަނީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެންމެ މަތީ ދަރަޖައިގެ ގާނޫނާ ހިލާފު ވިޔަފާރީގެ ޝިކާރައަކަށް ވެފައިވާ ގައުމަކަށް ވާތީ ކަމަށް ވިޔަފާރި ގްރޫޕަކާ ހަވާލާދީ ނިއުސް އިންޓަނޭޝަނަލް އިން ބުނެފި އެވެ.

Ads by WAMCO

ޕާކިސްތާނުގެ އެންމެ ބޮޑެތި ވިޔަފާރިތައް ތަމްސީލުކުރާ ޕޮލިސީ އެޑްވޮކޭސީ ގްރޫޕެއް ކަމަށްވާ ޕާކިސްތާން ބިޒްނަސް ކައުންސިލް (ޕީބީސީ) އިން ބުނީ ސްމަގްލިން، އަންޑަ އިންވޮއިސް، އިމްޕޯޓް އޮޅުވާލުމާއި ވަގު މުއާމަލާތްކުރުމާއި އޮޅުވާލުމުގެ ޖުމްލަ އަގު 68 ބިލިއަން ޑޮލަރު ނުވަތަ ރަސްމީ އިގްތިސާދުގެ 20 ޕަސެންޓަށް އަރާނެ ކަމަށެވެ.

ޓެކްސްނެޓުން ބޭރުގައި ހިންގާ އަދި ރެގިއުލޭޓަރީ އޮބްސައިޓް ކުރަން ޖެހޭ ނުރަސްމީ އިގްތިސާދު އަންދާޒާކޮށްފައި ވަނީ ރަސްމީ އިގްތިސާދާ ގާތްގަނޑަކަށް އެއް ސައިޒެއްގަ އެވެ. އެހެންކަމުން، މުޅި އިގްތިސާދުގެ 10 އިންސައްތަ ހިއްސާކުރަނީ ގާނޫނާ ހިލާފަށް ކުރާ ވިޔަފާރީގެ މުއާމަލާތްތައް ކަމަށް ޕީބީސީން ނެރުނު ރިޕޯޓެއްގައި ބުނެފައިވެ އެވެ.

"ދަ ނިއުސް އިންޓަނޭޝަނަލް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގަވައިދާ ހިލާފަށް ކުރާ ވިޔަފާރީގެ ސަބަބުން އަހަރަކު ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރާ 8 ޓްރިލިއަން ޑޮލަރަކީ ޕާކިސްތާނު ކަރަންސީ (ޕީކޭއާރް) އަށް ކަމަށާއި މިއީ 2023-2024 ވަނަ އަހަރަށް ކަނޑައަޅާފައިވާ ޓެކްސް އާމްދަނީގެ ޓާގެޓްގެ 85 ޕަސެންޓް ކަމަށެވެ.

"ޓެކްސްގެ އާމްދަނީ ގެއްލުމުގެ އިތުރުން، ގާނޫނާ ހިލާފަށް ކުރާ ވިޔަފާރީގެ ސަބަބުން ރަސްމީ ދާއިރާގެ ކުރިއެރުމަށް ބުރޫ އަރާ، މަސައްކަތްތެރިންގެ ބޭނުން ހިފައި، ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ހިންގާ، ފެންވަރު ދަށް، ނުރައްކާތެރި އަދި ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ފަދަ އުފެއްދުންތައް އުފައްދައި ވިއްކައެވެ،" އެ ބަޔާނުގައި ވެ އެވެ.

"ސްމަގްލިން އާއި އަންޑަ އިންވޮއިސް ކުރުމުގެ ސަބަބުން ވެސް ހަވާލާ ފީޑްވެ، ގައުމުގެ ރަސްމީ ރެމިޓެންސް އާއި ރިޒާވްގެ އިތުރުން ރުޕީސްގެ އަގަށް ވެސް އަސަރު ކުރެ އެވެ." ހަވާލާ އަކީ ބޭންކިން ޗެނަލްތަކުގެ ބޭރުން ހިންގާ މަނީ ޓްރާންސްފާގެ ނުރަސްމީ ނިޒާމެއް ކަމަށާއި ގިނަ ފަހަރަށް ޓެކްސް އާއި އެކްސްޗޭންޖް ކޮންޓްރޯލުން މަކަރު ހެދުމަށް ބޭނުންކުރާ ނިޒާމެކެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!