ނޭޕާލަށް އައި ބިންހެލުމުގައި ހާލުގައި ޖެހުނު މީހުންނަށް އިންޑިއާއިން އެހީގެ ތިންވަނަ ބައި ފޮނުވައިފި
ކަތުމަންޑޫގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އޮނަރަބަލް ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވައުދާ އެއްގޮތަށް 12 ޓަނަށް ވުރެ ގިނަ ބިންހެލުން ރިލީފް ސަޕޯޓްގެ ތިން ވަނަ ބައި ކަމަށްވާ ބްލޭންކެޓް، ސްލީޕިން ކޮތަޅު، ޓެންޓު އަދި ޒަރޫރީ މެޑިކަލް ސާމާނު ފަދަ ތަކެތި ނޭޕާލަށް ގޮސްފައިވަނީ ނޮވެމްބަރު 9، 2023 ގައި އިންޑިއަން އެއާފޯސް (އައިއޭއެފް) ގެ ހާއްސަ ސީ-130 ފްލައިޓެއްގައި ކަމަށެވެ.
ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އައި ބިންހެލުމާ ގުޅިގެން އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދިން އިންޑިއާއިން ވަނީ ނޭޕާލްގައި ބިންހެލުމުގައި ހާލުގައި ޖެހުނު އާއިލާތަކަށް 33 ޓަނުގެ އިމަޖެންސީ ރިލީފް މެޓީރިއަލް އިންޑިއާގެ ވައިގެ ސިފައިންގެ ހާއްސަ ތިން ފްލައިޓެއް މެދުވެރިކޮށް ފޯރުކޮށްދީފަ އެވެ.
މި އެހީގެ ތެރޭގައި ޓެންޓާއި ޓާޕަލިން ޝީޓާއި ބްލޭންކެޓާއި ސްލީޕިން ކޮތަޅުގެ އިތުރުން މުހިންމު ބޭހާއި ސާޖިކަލް އިކުއިޕްމަންޓާއި ޕޯޓަބަލް ވެންޓިލޭޓަރުއަދި ސާފުތާހިރުކަމަށް ބޭނުންވާ ސާމާނު ހިމެނެއެވެ.
"އިންޑިއާއިން ދިން އަވަސް ޖަވާބަކީ ނޭޕާލަކީ ގާތް ރަހުމަތްތެރިއެއް އަދި އަވަށްޓެރިގައުމެއްގެ ހައިސިއްޔަތުން ނޭޕާލަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދޭ ކަމެއް. ނޭޕާލްގެ ތަރައްގީގެ އެންމެ އިސް ބައިވެރިއެއްގެ ހައިސިއްޔަތުން އިންޑިއާ އިން އަންނަނީ މި ދަތި ދަނޑިވަޅުގައި ނޭޕާލްގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތުގައި ސާބިތުކަމާ އެކު މަސައްކަތް ކުރަމުންނެވެ. އަދި ނޭޕާލް ސަރުކާރުން އިސްކަންދޭ ގޮތާއި އިރުޝާދުގެ މައްޗަށް ބިނާކޮށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށްވެސް އެ ބަޔާނުގައި ވެ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރު ވިދާޅުވީ މި ހަލުވި އިޖާބައަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ނެއިބަރހުޑް ފަސްޓް ޕޮލިސީ" އާ ގުޅިފައިވާ ކަމެއް ކަމަށާއި، މި ދަނޑިވަޅުގައި އަވަށްޓެރި ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާއިން ވައުދުވެފައިވާ ކަމަށެވެ.
"ނޭޕާލްގެ ބިންހެލުމުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް އިމަޖެންސީ ރިލީފް އެހީ ފޯރުކޮށްދިނުން. ފަސްޓް ރެސްޕޮންޑަރެއްގެ ހައިސިއްޔަތުން އިންޑިއާއިން ބޭހާއި ރިލީފް މެޓީރިއަލް ފޯރުކޮށްދެއެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ނެއިބަރހުޑް ފަސްޓް ޕޮލިސީ އިން އެކްޝަން،" އީއޭއެމް ޖައިޝަންކަރު އޭނާގެ އޮފިޝަލް ހޭންޑަލް އިން އެކްސްގައި ވިދާޅުވެފައިވެ އެވެ.
ނޭޕާލްގައި ހުންނަ އިންޑިއާ އެމްބަސީން ނެރުނު ރަސްމީ ބަޔާނެއްގައި ބުނީ 10 ކްރޯޑް ރުޕީސްގެ އިމަޖެންސީ ރިލީފް މެޓީރިއަލްގެ ފުރަތަމަ ޝިޕްމަންޓް އާދީއްތަ ދުވަހު ނޭޕާލްގެ ނޭޕާލްގުންޖަށް އައިސްފައިވާ ކަމަށެވެ.