ދުނިޔެ

ޖީ-7 ގެ ޚާރިޖީ ވަޒީރުން ޗައިނާއިން ނާޖާއިޒު ގޮތުގައި ޓެކް ޓްރާންސްފަރ ކުރާކަމުގެ ތުހުމަތު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖީ-7 ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން ކަމަށްވާ އިނގިރޭސިވިލާތް، ކެނެޑާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، އިޓަލީ، ޖަޕާން، ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާގެ ޚާރިޖީ ވަޒީރުން ވަނީ ޗައިނާއިން ނާޖާއިޒު ޓެކްނޮލޮޖީ ޓްރާންސްފަރ ކުރުމުގެ "ބަދުނާމު" އަމަލުތައް ހުއްޓުވައި، އިޤްތިޞާދީ މަޖުބޫރުކުރުން ހުއްޓުވުމަށް ވައުދުވެވަޑައިގެންފައެވެ.

Ads by WAMCO

"ދުނިޔޭގެ އިގްތިސާދު އޮޅުވާލާ ޗައިނާގެ މާކެޓް ނޫން ސިޔާސަތުތަކާއި އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދަން މަސައްކަތް ކުރާނަން. ނާޖާއިޒު ޓެކްނޮލޮޖީ ޓްރާންސްފާ ކުރުން ނުވަތަ ޑޭޓާ ހާމަކުރުން ފަދަ ބަދުނާމުކުރުމުގެ އަމަލުތައް ހުއްޓުވާނަން. އިޤްތިޞާދީ މަޖުބޫރީ ކަންކަމަށް ހިތްވަރު ދޭނަން. އަދި ވިޔަފާރި އާއި އިންވެސްޓްމަންޓް ތައް ބޭކާރު ގޮތުގައި ލިމިޓް ނުކޮށް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ބައެއް އެޑްވާންސް ޓެކްނޮލޮޖީތައް ހިމާޔަތް ކުރުމުގެ މުހިންމުކަން ވެސް ގަބޫލުކުރަން،" ޖީ-7 ގެ ގައުމުތަކުގެ ޖޮއިންޓް ސްޓޭޓްމަންޓުގައި ވެ އެވެ.

އަދި ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އެހީތެރިކަން ފޯރުކޮށްދިނުން ހުއްޓާލުމަށް ވެސް އެ ޖަމާއަތުން ވަނީ ޗައިނާއަށް ގޮވާލާފައެވެ.

އަދި ބައިނަލްއަގްވާމީ މުޖުތަމައުގެ ޒިންމާދާރު ގައުމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޗައިނާއަށް ގޮވާލާ ކަމަށް އެ ބަޔާނުގައި ވެ އެވެ. މިގޮތުން ޔޫކްރެއިން އިސްވެ އޮވެގެން ކުރިއަށްގެންދާ ސުލްހައިގެ މަސައްކަތުގައި ޗައިނާގެ ބައިވެރިވުން ފާހަގަކުރައްވައި އެކަމަށް މަރުހަބާ ދަންނަވަމެވެ. އަދި ޔޫކްރެއިންއާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިކަން ފޯރުކޮށްނުދިނުމަށާއި، ރަޝިޔާގެ އަސްކަރީ ހަމަލާތައް ހުއްޓާލުމަށް ރަޝިޔާއަށް ބާރުއެޅުމަށާއި، ޔޫކްރެއިންގައި އިންސާފުވެރި އަދި ދެމެހެއްޓެނިވި ސުލްހައަކަށް ތާއީދުކުރުމަށް ޗައިނާއަށް ގޮވާލަމެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!