ޚަބަރު

ބިދޭސީއަކު ރަހީނުކުރި އެހެން ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

ބިދޭސީއަކު ރަހީނުކުރި މައްސަލައެއްގައި އެހެން ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އިއްޔެ ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

Ads by Hajj Corporation

 މި މައްސަލާގައި ހައްޔަރުކުރީ ބަންގުލަދޭޝްއަަށް ނިސްބަތްވާ މުހައްމަދު އާރިފް ހޮސައިން، 37، އެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު އުފެދޭ ވަރަށް ހެކި ހުށަހަޅާފައި އެބަހުރި ކަމަށާއި އަނިޔާ ލިބުނު މީހާ އެ ހާދިސާ ހިނގި ސަރަހައްދުން ނަގާފައިވާ ފޮޓޯތަކުން އޭނާ މީހަކު ރަހީނުކޮށް އިންޒާރުދީ އަނިޔާވެރި އަމަލުތަކެއް ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ފެންނަ ކަމަށެވެ.

މީގެ އިތުރުން އޭނާ އަކީ ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށާއި އެހެންވެ އޭނާ ފިލައިގެން ގޮސްފާނެތީ އާއި މުޖުތަމައުގެ ސަލާމަތަށްޓަކައި ބަންދުގައި ބަހައްޓަންޖެހޭ ކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލައިގައި ޕީޖީން ބުނީ ކުށުގެ އަމަލު ހިންގުމުގައި އިތުރުބަޔަކާ އެކު މުހައްމަދު އާރިފް ހޮސެއިން ބައިވެރިވެ، ރަހީނުކުރި މީހާ އަށް އަނިޔާ ވެސް ކޮށްފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!