އުއްމީދަކީ ކުރިއަށް އޮތް ފަސް އަހަރަކީ އުފާވެރި، އަމާން ތިޔާޤި ދުވަސްތަކަކަށްވުން: ކުރީގެ ނައިބު ރައީސް
![](https://dhen.mv/wp-content/uploads/2023/11/Naib-Raees-Faisal-scaled-1-850x548.jpg)
އުއްމީދަކީ ކުރިއަށް އޮތް ފަސް އަހަރަކީ އަމާން، އުފާވެރި ދުވަސްތަކަށް ވެގެން ދިޔުން ކަމަށް ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމާއި ގުޅިގެން، އެމަނިކުފާނަށާއި، ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަރުޙަބާ ވިދާޅުވެ، ފައިޞަލް ވިދާޅުވީ އެމަނިކުފާނުގެ އުއްމީދަކީ ކުރިއަށް އޮތް 5 އަހަރަކީ ދިވެހިންނަށް އުފާވެރި، އަމާން، ތިޔާޤި ދުވަސްތަކަށް ވެގެން ދިޔުން ކަމަށެވެ.
ކުރީގެ ނައިބު ރައީީސް ފައިޞަލް ވަނީ ރައީސް މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތު އޮތީ، ޖުމްހޫރީ މައިދާނުގައެވެ. ކުރީގެ ރައީީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވެސް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިންނެވިއެވެ.
ރޭ ވަނީ ރައީސް މުޢިއްޒުގެ ކެބިނެޓަށް 22 ބޭފުޅުން އައްޔަނު ކުރައްވަވައި، އެ ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު އަރުވައިފައެވެ.