އައު ރިޔާސީ ދައުރަކަށް އަލިވިލުން: ހުވައި ކުރެއްވި މައިދާނާއި ތަޤުރީރުން ހާމަވީ ޤައުމީ ލޯބި

ރިޔާސީ ކެމްޕެއިނުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ރައްޔިތުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުތަކުން، އެމަނިކުފާނުގެ ހިތްޕުޅުގައިވާ ޤައުމީވަންތަކަން ހާމަވިއެވެ.
ރައީސް މުޢިއްޒުއަށް ތަޢުރީފު ކުރައްވައި، އަރިހުގައި އުޅުއްވާ ބޭފުޅުން ވެސް މި ސިފަފުޅު ފާހަގަކުރައްވައިފައިވެއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް[/caption]
”އެމަނިކުފާނަކީ ވަރަށް ވަޠަނީ، ވަރަށް ޤައުމީ ބޭފުޅެއް. އެމަނިކުފާނު ބޭނުންފުޅުވަނީ ދިވެހީން އަމިއްލަ ފައިމައްޗަށް ތެދުވެ، ދިވެހި ސިޔާދަތު ހިމާޔަތް ކުރަން.“ ޓީވީއެމްއަށް ފާއިތުވި ޖުމްހޫރީ ދުވަހު ދެއްވި ބަސްދީގަތުމެއްގައި ރައީސް މުޢިއްޒުއާއި ގުޅޭގޮތުން، މިހާރުގެ ދިފާޢީ ވަޒީރު، ޣައްސާާން މައުމޫން ވިދާޅުވިއެވެ.އިއްޔެ ޖުމްހޫރީ މައިދާނުގައި، ރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ފުރަތަމަ ދެއްވި ތަޤްރީރް ފެއްޓެވީ ވެސް، އަސަރުން ފުރިގެންވާ ވާހަކަފުޅަކުންނެވެ. ދިވެހި ލޭ ހިނގާ ދަރީންގެ ލޭ ކައްކުވައިލާނެ ވާހަކަފުޅެކެވެ. ބޮޑުތިލަދުންމަތިން އައި، މި ޖީލުގެ ބަޠަލު، ޝަހީދު ޙުސައިން އާދަމްގެ ހަނދާންތައް އައު ވެގެންދާ މައިދާނެއްގައި ހުންނަވައި، ހުވައި ކުރައްވަން ނިންމެވި ނިންމެވުމުގެ ޚާއްޞަކަން އެ ވާހަކަފުޅުން ހާމަވިއެވެ.
"މި މައިދާނަކީތޯ؟ މިއީ، ޝަހީދު ޙުސައިން އާދަމާއި ދިވެހި ޤައުމު ދެކެ ލޯބިވި، އެނޫން އެފަދަ އެތައް ބަޠަލުންނެއް، އަޅުގަނޑުމެންގެ ފަޚުރުވެރި ދިވެހިރާއްޖެއާއި މާތްވެގެންވާ އިސްލާމްދީނުގެ ދިފާޢުގައި، ފުރާނައިން ޤުރުބާންވި ބަރަކާތްތެރި ފަސްގަނޑާ ގުޅިފައިވާ، ޝަރަފުވެރި މައިދާން!"މިމޭރުމުން ވާހަކަފުޅު ފައްޓަވައި، އެމަނިކުފާނު ވަނީ ފެއްސާއި ރަތާއި ހުދުގެ ފަޚުރުވެރި ދިވެހި ދިދައާއި މުޚާޠަބު ކުރައްވައި ޖަޒުބާތީ ވާހަކަފުޅުތަކެއް ހިއްސާކުރައްވައިފައެވެ. ދިވެހީންގެރާއްޖޭގައި، އެ ދިދައަށް އިރު އޮއްސުމެއް ނެތްކަން ރައީސް ވަނީ އިޢުލާނު ކުރައްވައިފައެވެ.
"އޭ ދިވެހީންގެ ފަޚުރުވެރި ޤައުމީ ދިވެހި ދިދަޔާ! ތިބާދެކެ އަޅުގަނޑު އިންތިހާޔަށް ލޯބިވަން! ތިޔަ ހެލިލުމާއި ވިހުރިލުމުގެ މާނަތައް އިޙްސާސް ކުރަން! ތިޔަ ދައްކައިދެނީ ޤައުމު ދިފާޢުކުރި މަތިވެރި ޝަހީދުންގެ ލޭފޮދު. ޤައުމު ބިނާކުރި އެންމެހައި އަޖުދާދުންގެ ފެހި ރޯޝަން އުންމީދާއި ދިރުން! ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތް ކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ ކީރިތި މޫރިތިކަން! އެހެންވީމާ، އޭ ލޮބުވެތި ޝަރަފުވެރި ދިވެހި ދިދަޔާ! މިއަދު މިވަގުތުން ފެށިގެން އިރާދަކުރެއްވިއްޔާ، ތިޔަ އައުދާނަ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީ! މީގެ ފަހުން ތިޔަ ފަޚުރުވެރި ދިވެހި ދިދައަކީ، ދިވެހިރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި، ތިބާހުރި ކޮންމެ ތަނެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރިވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާން!" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.އެމަނިކުފާނުގެ ހިތްޕުޅުގައިވާ ޤައުމިއްޔަތުގެ އިޙްސާސްތައް މި ހިސާބުން ނިންމަވައިނުލައްވައެވެ. އެމަނިކުފާނަށް އަބަދު ވެސް އެންމެ އިސްވާނީ އެއް ބަހަކުން ވާހަކަ ދައްކައި، އެއް ދީނަކަށް ތަބާވާ، އަދި އަބަދުވެސް މިނިވަންކަންމަތީ ދެމި ތިބުމަށް މަސަައްކަތް ކުރާ ދިވެހީން ކަމަށް ވެސް ވިދާޅުވިއެވެ. [caption id="attachment_204575" align="alignnone" width="1024"]
ރައީސް ޑރ.މުޙައްމަދު މުޢިއްޒު ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް[/caption]
"އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް."






ކޮމެންޓް