ދުނިޔެ

2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން 20 ބިލިއަން ޑޮލަރު އެކްސްޕޯޓް ކުރުމަށް އެމެޒޯންގެ ވިސްނުން އެބަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އެމެޒޯން (އޭއެމްޒެޑްއެން. އޯ) އިން އަމާޒު ހިފާފައިވަނީ 2025 ވަނަ އަހަރުގެ ނިޔަލަށް އިންޑިއާއިން 20 ބިލިއަން ޑޮލަރުގެ މުދާ އެކްސްޕޯޓް ކުރުމަށް އެ ކުންފުނީގެ އީ-ކޮމާސް ޕްލެޓްފޯމަށް އެތައް ހާސް ކުދި ވިއްކާ ފަރާތްތައް އިތުރުކޮށް ކަމަށް އެ ކުންފުނީގެ އޮފިޝަލަކު ހުކުރު ދުވަހު ވިދާޅުވެއްޖެ އެވެ.

Ads by WAMCO

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ހިތްވަރެއް ލިބެނީ މިއަހަރު ސޮއިކުރި ވިޔަފާރިވެރިންގެ އަދަދުން. އަޅުގަނޑުމެން މި ބަލަނީ ސްކޭލް ކުރަން،" އެކްސްޕޯޓް ކުރުމަށް ރާވާފައިވާ ޕްލޭންތަކަށް އިޝާރާތް ކުރައްވައި، އިންޑަސްޓްރީގެ އިވެންޓެއްގެ ހަވާސާގައި އެމެޒޯންގެ ޑައިރެކްޓާ ގްލޯބަލް ޓްރޭޑް ބޫޕެން ވަކަންކަރް ރޮއިޓާސް އަށް ވިދާޅުވި އެވެ.

ހުކުރު ދުވަހުން ފެށިގެން 11 ދުވަހުގެ ޝޮޕިން ޕީރިއަޑެއް ކަމަށްވާ ބްލެކް ފްރައިޑޭ ސައިބާ މަންޑޭ ސޭލްގެ ކުރިން "މޭޑް އިން އިންޑިއާ" އޯގަނިކް ހެލްތް ސަޕްލިމެންޓާއި ބަތް ތުވާލި، ޖޫޓް ރަގްސް އަދި ކުޑަކުދިންނަށް ހާއްސަ ރޮބޮޓިކް ގޭމްތަކަށް ވަރަށް ބޮޑު ޑިމާންޑެއް އޮތް ކަމަށް ވަކަންކަރް ވިދާޅުވި އެވެ.

މަދު ވިއްކާ ފަރާތްތަކާއެކު 2015 ވަނަ އަހަރު ތައާރަފްކުރި އެމެޒޯން ގްލޯބަލް ޓްރޭޑް، އީ-ކޮމާސް ކުންފުނީގެ ބިޒްނަސް ޓު ކޮންސިއުމާސް (ބީ2ސީ) އެކްސްޕޯޓް ޕްލެޓްފޯމް އިންޑިއާގައި އަންނަނީ ގަދަވަމުންނެވެ.

އެގޮތުން ބޭރުގެ ކަސްޓަމަރުންނަށް ފުޅާ ދާއިރާއެއްގައި އުފެއްދުންތައް ވިއްކުމަށް އެ ކުންފުނިން ލައްކައަކަށް ވުރެ ގިނަ ކުދި އުފެއްދުންތެރިން އިތުރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ވިއްކާ ބައެއް މީހުންނަކީ ފުރަތަމަ ފަހަރަށް އެކްސްޕޯޓް ކުރާ މީހުން، އޭގެ ތެރޭގައި ކޯޕަރޭޓް ވަޒީފާ ދޫކޮށް އީ-ކޮމާސް އެކްސްޕޯޓް ކުރަން ފެށި މީހުން ވެސް ހިމެނޭ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ދުނިޔޭގެ ބާޒާރުތަކަށް ވަނުމުގެ ފުރުސަތު ނެތް އެތައް ހާސް ކުދި އެކްސްޕޯޓަރުންނަށް އީ-ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް އަހަރަކު 70 ޕަސެންޓް ވިޔަފާރީގެ ކުރިއެރުމެއް ލިބިފައިވާ ކަމަށާއި އެ ޕްލެޓްފޯމުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމެޒޯން ޕްރައިމްގެ 200 މިލިއަނަށް ވުރެ ގިނަ މެމްބަރުންނަށް ލޮޖިސްޓިކް ސަޕޯޓް އަދި އެކްސެސް ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!