ހެލްތު މިނިސްޓްރީން ބުނީ ރާއްޖެއަށް ޒިޔާރަތް ކުރި އިންޑިއާގެ ޑޮކްޓަރުންގެ ޓީމުން ފޯރުކޮށްދޭނެ އެހީތެރިކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
އިންޑިއާ އިން ރާއްޖެ ފޮނުވި މެޑިކަލް ޓީމުގައި 14 މެމްބަރުން ހިމެނެއެވެ.
އިންޑިއާ ހައިކޮމިޝަނުން ބުނީ މި ޓީމުގައި ތަފާތު އެކި ބަލިތަކަށް ފަރުވާ ދޭ ސްޕެޝަލިސްޓު ޑޮކްޓަރުން ވެސް ހިމެނޭނެ ކަމަށެވެ. އެގޮތުން ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި ހޭނެއްތުމަށް ހާއްސަ ޑޮކްޓަރުންގެ އިިތުރުން ފިޒީޝަނުން އަދި ލެބްޓްރީ ޓެކްނީޝަނުންގެ ހިމޭނެ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.