އެއާއެކު ކުރިން އިއުލާނުކުރި ގޮތާއި ހިލާފަށް، މި ދައުރުގެ ފަހު ޖަލްސާ އޮންނަނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.
މި ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ އަންނަ ހޯމަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ ހިނގަމުން މިދާ ދައުރު ނިންމައި މާދަމާއިން ފެށިގެން މަޖިލިސް ޗުއްޓީއަށްދާނެ ކަމަށް މީގެ ކުރިން ވަނީ އިއުލާނު ކޮށްފަ އެވެ.
ނަމަވެސް މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މަޖިލީހުގެ ދައުރު އަންނަ ހޯމަ ދުވަހާ ހަމައަށް އިތުރުކޮށްފިނަމަ 8 ބިލެއްގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.