އަފްޣާނިސްތާނުގެ ރެފިއުޖީން މަޖުބޫރުކޮށް ފޮނުވާލުން ހުއްޓާލުމަށް ޕާކިސްތާނުގެ އެކްޓިވިސްޓުން ގޮވާލައިފި
ޕާކިސްތާނުގެ މަދަނީ ޖަމިއްޔާތަކުގެ އެކްޓިވިސްޓުން ވަނީ އަފްޣާނިސްތާނުގެ ރެފިއުޖީން އެގައުމުން މަޖުބޫރުކޮށްގެން ފޮނުވާލުން ހުއްޓާލުމަށް ގޮވާލާފައެވެ.
ޕާކިސްތާނުން އަފްޣާނިސްތާނުގެ ރެފިއުޖީން ހައްޔަރުކޮށް ގަދަކަމުން ބޭރުކުރުން ހުއްޓާލުމަށް ގޮވާލައި ޕާކިސްތާނުގެ ބައެއް ގާނޫނީ ވަކީލުންނާއި ސިޔާސީ އެކްޓިވިސްޓުންނާއި މަދަނީ ޖަމިއްޔާތަކުގެ މެމްބަރުން ވަނީ މުޒާހަރާއެއް ބާއްވައިފަ އެވެ.
މުޒާހަރާ އިންތިޒާމްކުރި އެއް ފަރާތް ކަމަށްވާ ޖޮއިންޓް އެކްޝަން ކޮމިޓީ ފޯ ރެފިއުޖީސް އިން ނިއުސްލެޓަރެއްގައި ބުނެފައި ވަނީ ޕާކިސްތާނުން ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމާ ގުޅިގެން އަފްޣާނިސްތާނުގެ ރެފިއުޖީންނަށް ފުލުހުންނާއި ގާނޫނު ތަންފީޒުކުރާ އެހެނިހެން އިދާރާތަކުން ފުރައްސާރަކޮށްފައިވާ ކަމަށެވެ.
އަފްޣާނިސްތާނުގެ ރެފިއުޖީންނަށް ޕާކިސްތާނުގެ ގާނޫނު ބާރުތަކުން އަނިޔާ ކުރަމުންދާ ކަމަށް މި މުޒާހަރާގެ ބައިވެރިން ވަނީ ބުނެފަ އެވެ.
ޕާކިސްތާނުގައި ވަކާލާތު ކުރާ ސެދިކް ކަކަރް އާ ހަވާލާދީ ޓޯލޯނިއުސް އިން ބުނީ ރެފިއުޖީން އެތަނުން ގަދަކަމުން ފޮނުވާލުމުގެ މަރުހަލާ ހުއްޓާލައި ގާނޫނީ ގޮތުން ތިބުމުގެ ފުރުސަތު ދިނުމަށް އެ މީހުން ޕާކިސްތާނަށް އަންގާފައިވާ ކަމަށެވެ.