ދުނިޔެ

އިޒްރޭލުގެ ހަމަލާތަށް ހުއްޓާލަން މޯދީ ގޮވާލައްވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ހުޅަނގު އޭޝިއާގައި ނާމާންކަމާއި ހަމަނުޖެހުން އުފެދިފައިވާތީ އިސްރާއީލާއި ހަމާސްގެ ހަމަނުޖެހުން ފުޅާ ހަމަނުޖެހުމަކަށް ނުފެތުރުމަށް ޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ދުނިޔޭގެ ބޮޑެތި 20 އިގްތިސާދުގެ ލީޑަރުންގެ ކިބައިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެދިވަޑައިގެންފި އެވެ.

Ads by WAMCO

އޭނާ މިހެން ވިދާޅުވީ އަންނަ މަހު ބްރެޒިލް ވެރިކަމާ ހަވާލުވުމުގެ ކުރިން އިންޑިއާގެ ރައީސްކަން އޮންނަ ޖީ-20 ގައުމުތަކުގެ ވާޗުއަލް ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޯދީ މި ސަމިޓް ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވި އަހަރީ ޖީ-20 ސަމިޓުގައި އިއުލާނުކޮށްފައިވާ ސިޔާސަތުތަކުގެ ލަފަޔާއި ލަނޑުދަނޑިތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބެލުމަށާއި މަގްސަދުތަކަށް ކުރިއެރުން އަވަސްކުރާނެ ގޮތްތައް ދެނެގަތުމަށެވެ.

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގެ ހިޔަނި އެ ބައްދަލުވުމަށް ހިޔަނި އެޅިނަމަވެސް، އެ ބައްދަލުވުމުގައި މެންބަރުން ވަނީ އިއްތިފާގުގެ ލިޔުމެއް އުފައްދައި ވޯލްޑް ބޭންކް ފަދަ މުއައްސަސާތައް އޯވަހޯލް ކުރުން ފަދަ ކަންކަމުގައި ކުރިއަށް ދިއުމަށް އެ ކަމާ މެދު އުފެދިފައިވާ ބައިބައިވުންތައް ނައްތާލައިފަ އެވެ.

ބުދަ ދުވަހު ބޭއްވި ސަމިޓްގައި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިން، ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް، ޖަޕާނުގެ ފުމިއޯ ކިޝިދާ، ތުރުކީގެ ތައްޔިބު އުރުދުޣާން، ކެނެޑާގެ ޖަސްޓިން ޓްރޫޑޯ، އޮސްޓްރޭލިއާގެ އެންތަނީ އަލްބާނީޒް އަދި ބްރެޒިލްގެ ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ބައިވެރިވެވަޑައިގެންނެވި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!