ތަރައްޤީވަމުން އަންނަ ޤައުމުތަކުން ޗައިނާއަށް މަދުވެގެން 1.1 ޓްރިލިއަން ޑޮލަރު ދައްކަންޖެހޭ
ތަރައްގީވަމުން އަންނަ ގައުމުތަކުން ޗައިނާގެ ލޯނުދޭ ފަރާތްތަކަށް މަދުވެގެން 1.1 ޓްރިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް އާ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
ވާޖީނިއާގެ ވިލިއަމް އެންޑް މޭރީގެ ޔުނިވާސިޓީ ރިސާޗް ލެބެއް ކަމަށްވާ އެއިޑްޑޭޓާ އިން ބުނި ގޮތުގައި ޗައިނާގެ ލޯނު ތައް އަނބުރާ ދެއްކުން އިތުރުވަމުން އަންނަ އިރު، ތަރައްގީވަމުން އަންނަ ގައުމުތަކުގައި ޗައިނާގެ ލޯނު ދޫކުރާ ޕޯޓްފޯލިއޯގެ ގާތްގަނޑަކަށް 80 ޕަސެންޓް މިހާރު ދަނީ މާލީ ދަތިކަން ކުރިމަތިވެފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ޗައިނާގެ ރައީސް ޝީ ޖިންޕިންގް އޭނާގެ ފްލެގްޝިޕް "ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް" ގެ ގޮތުގައި ބްރޭންޑް ކުރެއްވި މަސައްކަތުގެ ދަށުން، ފަގީރު ގައުމުތަކުގެ އިންފްރާސްޓްރަކްޗާއަށް ފަންޑު ކުރުމަށް ބެއިޖިން އިން އެތައް އަހަރެއް ވަންދެން މާލީ އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ އެވެ.
ލެޓިން އެމެރިކާއިން ފެށިގެން ދެކުނުއިރުމަތީ އޭޝިއާގެ މަގުތަކާއި، އެއަރޕޯޓްތަކާއި، ރޭލްވޭތަކާއި، އިންޖީނުގެތަކަށް އެ ފައިސާ ލިބަރަލްކޮށް ވަދެ، ދަރަނި ނަގާ ޤައުމުތަކުގެ އިޤްތިޞާދީ ކުރިއެރުމަށް އެހީތެރިވެދިނެވެ. އަދި އެކަމުގެ ސަބަބުން ގިނަ ސަރުކާރުތަކެއް ބެއިޖިންއާ ގާތްވެ، ޗައިނާއަކީ ދުނިޔޭގެ އެންމެ ބޮޑު ކްރެޑިޓަރަކަށް ހެދުމުގެ އިތުރުން ޒިންމާދާރުކަން ކުޑަ ލޯނުތަކެއް ދިން ކަމުގެ ތުހުމަތުތައް ވެސް ވަނީ އުފެދިފަ އެވެ.
ތަރައްގީވަމުން އަންނަ ގައުމުތަކަށް ޗައިނާއިން ދޫކުރާ ރަސްމީ ދާއިރާގެ ލޯނުތަކުގެ 55 އިންސައްތަ މިހާރު ވަނީ އަނބުރާ ދެއްކުމުގެ މުއްދަތު ހަމަވެފައި ކަމަށް އެއިޑްޑޭޓާ އިން ނެރުނު 165 ގައުމެއްގައި ޗައިނާއިން ބޭރުގައުމުތަކުން ދޭ ފައިސާގެ ދެ ދިހައަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.
އެ ދަރަނިތައް އަންނަނީ އިންޓަރެސްޓް ރޭޓް ބޮޑުވެ، ލޯކަލް ކަރަންސީތަކަށް ދަތިވެ، ދުނިޔޭގެ ކުރިއެރުން މަޑުޖެހިފައިވާ އާ އަދި ގޮންޖެހުންބޮޑު މާލީ މާހައުލެއްގެ ތެރޭގަ އެވެ.