ދުނިޔެ

ޗައިނާގެ ބޯޑަރު ސަރަހައްދުގައި މިޔަންމާގެ ކޮންވޯއީ ރޯކޮށްލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާއިން މިޔަންމާއަށް މުދާ ގެންނަ ޓްރަކްތަކުގެ ގާފިލާއެއްގައި އަލިފާން ރޯވެ އަނދައިގެން ގޮސްފައިވަނީ ހަނގުރާމަވެރިންގެ ހަމަލާއެއް ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއިން މިދިޔަ ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާއިރު، އަވަށްޓެރި ޗައިނާގައި ވަނީ ނުރައްކާތެރިކަން އިތުރުވެފައެވެ.

Ads by Sosun Fihaara

މިއުސް އަވަށުގައި އަލިފާން ރޯވެފައި މިވަނީ މިޔަންމާގައި ހުންނަވާ ޗައިނާގެ ސަފީރު މިޔަންމާގެ ވެރިރަށް މިޔަންމާގެ އިސް ވެރިންނާ ބައްދަލުކުރައްވައި ބޯޑަރުގެ ހަމަޖެހުން ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައި ވަނިކޮށެވެ.

"މި ޓެރަރިޒަމްގެ އަމަލުގެ ސަބަބުން... ގޭތެރޭގެ މުދަލާއި ކޮންސިއުމަރ މުދަލާއި ފޭރާމާއި އިމާރާތްކުރުމަށް ބޭނުންކުރާ ސާމާނު ހިފައިގެން ދަތުރުކުރި 258 އުޅަނދުގެ ތެރެއިން ގާތްގަނޑަކަށް 120 އެއްހާ އުޅަނދު ވަނީ އަލިފާނުގެ ސަބަބުން ހަލާކުވެފައި،" މިޔަންމާގެ ސަރުކާރު ހިންގާ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާ ނޫހުން މީގެ މަހެއްހާ ދުވަސް ކުރިން ޖުންޓާއާ ދެކޮޅަށް ހަމަލާދޭން ފެށި އިދިކޮޅު އިއްތިހާދަށް އިޝާރާތްކޮށް ރިޕޯޓްކޮށްފައިވެ އެވެ.

ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އެއް ބާރުގެ ތަރުޖަމާނު ލީ ކިޔާރް ވިން ވަނީ ގާފިލާގައި ރޯކޮށްލި ކަން ދޮގުކުރައްވައި ވިދާޅުވީ އެ ޖަމާއަތުން "ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް" ހަމަލާތައް ދީފައި ނުވާ ކަމަށެވެ.

ޖުންޓާގެ ސްޕޯކްސް މީހުންނާއި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ބަޣާވާތް ކުރާ ޖަމާއަތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް ޒިންމާ އަށް އިންކާރުކޮށްފަ އެވެ.

މި ހަމަލާގައި މަރުވި މީހުންގެ އަދަދު ރޮއިޓާސްއަށް މިނިވަންކަމާ އެކު ކަށަވަރު ކޮށްދެވިފައެއް ނުވެއެވެ.

ޗައިނާއިން މިޔަންމާގައި ސުލްހަ މަސަލަސްކަމަށް ގޮވާލާފައިވާއިރު، އެންމެ ފަހުން ހަމަނުޖެހުން އުފެދުނީ އެގައުމުގެ ސަފީރު ޗެން ހައި މިޔަންމާގެ އަސްކަރިއްޔާއިން ކަނޑައަޅާފައިވާ ޚާރިޖީ ވަޒީރު ތަން ސްވޭ އާއި ވެރިރަށް ނެޕިޓޯގައި ތިބި އަސްކަރީ އޮފިޝަލުންނާ ބައްދަލުކުރައްވަމުން ދަނިކޮށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!