ދުނިޔެ

ޖަލުގައި މީހަކު މަރާލުމުން ޕާކިސްތާނުގައި މުޒާހަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިދިޔަ ހުކުރު ދުވަހު ފިދާ ޝަހީދު ޗޯކްގައި ބޭއްވި އިހުތިޖާޖުގައި އެކި ސިޔާސީ ޕާޓީތަކުގެ އާއިލާގެ މެމްބަރުންނާއި މަސައްކަތްތެރިން މަދަނީ ޖަމިއްޔާތަކުގެ މެމްބަރުންނާ އެކު ބޭއްވި މުޒާހަރާގައި ބަލަޗް މޯލާ ބަޚްޝްގެ ހަށިގަނޑު އާއިލާއާ އެދުވަހު ހަވާލުކުރި އެވެ.

Ads by WAMCO

ބަޚްޝް އާއި އިތުރު ތިން މީހަކު މަރުވެފައިވަނީ ތުރުބަތުގައި އިންޓެލިޖެންސަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނެއް ކަމަށް ސީޓީޑީއިން ބުނެއެވެ.

ނަމަވެސް މަރުވި މީހާގެ އާއިލާއިން ވަނީ ބަޚްޝް މަރާލުމާ ގުޅޭ ގޮތުން ސީޓީޑީއިން ދައްކާ ވާހަކަތައް ދޮގުކޮށް، އޭނާ މަރާލީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު އޭނާ ހައްޔަރުކުރި ފަހުން ސީޓީޑީގެ ބެލުމުގެ ދަށުގައި އޮތުމުން ފޭކް އެންކައުންޓަރެއްގައި ކަމަށް ބުނެފަ އެވެ.

އެ މީހުންގެ ވާހަކަ ސާބިތު ކުރުމުގެ ގޮތުން އާއިލާއިން ބުނީ ބަޚްޝް ވެސް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

"ބަލާޗް މަރާލީ ސީޓީޑީގެ ބެލުމުގެ ދަށުގައި ކަމަށާއި އެ މީހުން އޭނާގެ ހަށިގަނޑު އެއްލާލީ އިތުރު ތިން މީހަކާ އެކު، އެ މީހުން މިހާތަނަށް ދެނެގަނެވިފައި ނުވާ،" އާއިލާގެ މެމްބަރުން ވިދާޅުވި އެވެ.

އިޖުތިމާއީ އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ގިނަ އަދަދެއްގެ އެކްޓިވިސްޓުންނާއި ކެޗްގެ ހުރިހާ ސިޔާސީ ޕާޓީއެއްގެ މަސައްކަތްތެރިންނާއި އެހެނިހެން ފަރާތްތަކުން ވަނީ މުޒާހަރާގައި ބައިވެރިވެފަ އެވެ.

އަދި ތުރުބަތު އަވަށުގައި ވެސް ވަނީ އެ މަރާ ދެކޮޅަށް ފުރިހަމަ ހަޅުތާލެއް ކޮށްފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!