އިންޑިއާގެ ބޮޑުވަޒީރު މޯދީ ދުބާއީގައި ކުރިއަށްދާ ކޮޕް 28 ގައި ބައިވެރިވެވަޑައިގަންނަވަނީ
މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ޔޫއޭއީއިން ދޭ އަހައްމިއްޔަތުކަމުގެ މައްޗަށް ބިނާކޮށް، މި ހަފުތާގައި ދުބާއީގައި ބާއްވާ އދ.ގެ ކްލައިމެޓް ކޮންފަރެންސް (ކޮޕް28) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޔޫއޭއީއަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މޯދީ ޔޫއޭއީގައި ހުންނަވާނީ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ.
"މޫސުމަށް އަންނަ ބަދަލުތަކަކީ އިންޑިއާގެ ޖީ-20 ޕްރެޒިޑެންސީގައި ވަރަށް ބޮޑު އިސްކަމެއް ދޭ ދާއިރާއެއް... ކޮޕް-28 ގެ ސަބަބުން މި ކާމިޔާބީތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ލިބިގެންދާނެ،" އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ވެ އެވެ.
އިންޑިޔާއިން ދާދިފަހުން ނިމިގެންދިޔަ ޖީ-20ގެ ވެރިކަމުގައި، 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިއާދަކުރަނިވި ހަކަތައިގެ ކެޕޭސިޓީ ތިން ގުނައަށް އިތުރުކުރުމަށް ދެބޭފުޅުން އެއްބަސްވެވަޑައިގެންނެވިއެވެ.
މިދިޔަ ހަފުތާގައި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އެމެރިކާގެ ތާއީދު އޮންނަ ފްރާންސުން ވަނީ އދ.ގެ ކްލައިމެޓް ކޮންފަރެންސްގެ ތެރެއިން ކޯލް ބޭސްޑް އިންޖީނުގެތަކަށް ޕްރައިވެޓް ފައިނޭންސް ދިނުން ހުއްޓާލަން ނިންމައިފަ އެވެ.