ހުޅުމާލޭގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެ
ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައި ހިނގި އެކްސިޑެންޓުގައި ހާލު ސީރިއަސްވި މީހާ ނިޔާވެއްޖެއެވެ.
ހުޅުމާލެ ސެންޓްރަލް ޕާކް ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް 3 ސައިކަލުގައި ޖެހި އެކްސިޑެންޓެއް ހިނގާފައިވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 2 ސައިކަލުގައި ތިބި 4 މީހުންނަށް ކަމަށެވެ.
ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައި ވަނީ ހ. ޒަފޫފް އިސްމާޢީލް ވަޙީދުއެވެ. ވެންޓިލޭޓަރުގައި އޮއްވައި އިސްމާއީލް ނިޔާވީ ރޭގެ ދަންވަރު 02:07 ހާއިރުއެވެ. އިސްމާއީލްގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހުއެވެ.
Ads by Allied Insurance