ގިނަ ރަށްތަކެއްގެ ޑަބްލިޔުޑީސީއަށް ކުރިމަތިލުމަށް ހުޅުވައިލައިފި
18 ރަށެއްގެ އަންހެނުންގެ ތަރައްޤޯއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) ބައި-އިލެކްޝަން ބާއްވަން ނިންމައި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލައިފިއެވެ.
އިލެކްޝަންސް ކޮމިޝަންއިން ވަނީ މި ބައި އިލެކްޝަންތައް 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.
ބައި އިލެކްޝަންތައް ބާއްވާ ރަށްތައް:
ހދ.މަކުނުދޫ
ހދ.ނޭކުރަންދޫ
ށ.ކަނޑިތީމު
ނ.މާޅެންދޫ
ރ.މަޑުއްވަރ
ބ.ފުޅަދޫ
ބ.ދަރަވަންދޫ
ބ.ފެހެންދޫ
ބ.ކެންދޫ
ކ.ގާފަރު
އއ.ތޮއްޑޫ
އދ.މަންދޫ
މ.ރަތްމަންދޫ
މ.މުލަކު
ފ.ބިލެތްދޫ
ރ.ރަސްގެތީމު
މިއިން ކޮންމެ ރަށެއްގެ ޑަބްލިޔުޑީސީއަށް އެއް މެންބަރަކު ހޮވާނެއެވެ. އަދި ނ.މަނަދޫ ކޮމިޓީއަށް ދެ މެންބަރަކާއި، ވ.ތިނަދޫ ކޮމިޓީއަށް ފަސް މެންބަރުން ހޮވާނެއެވެ.
މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހެވެ.