ދުނިޔެ

އިންޑިއާ، ޖަޕާން އަދި ފްރާންސް ގުޅިގެން ލަންކާއަށް އެހީވަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާ، ޖަޕާން އަދި ފްރާންސް ގުޅިގެން ހިންގާ އޮފިޝަލް ކްރެޑިޓާ ކޮމިޓީ (އޯސީސީ) އިން ސްރީލަންކާއަށް އައިއެމްއެފްގެ އެހީގައި ހިންގާ އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) އާ އެއްގޮތްވާ ގޮތުގެ މަތިން މައިގަނޑު މިންގަނޑުތަކުގެ މައްޗައް  ޑެބްޓް ޓްރީޓްމެންޓް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ސްރީލަންކާއާ އެކު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ. މި އެއްބަސްވުމުގެ ސަބަބުން ސްރީލަންކާގެ އީއެފްއެފް އެރޭންޖްމަންޓް ފުރަތަމަ ރިވިއުކޮށް، ސްރީލަންކާއަށް އިތުރަށް ފައިސާ ފޮނުވުމުގެ މަގު ފަހިވެގެންދާނެއެވެ.

Ads by Sosun Fihaara

އިންޑިއާ، ޖަޕާން އަދި ފަރާންސްގެ ފިނޭންސް މިނިސްޓަރުން ގުޅިގެން ޖީ20 އިންޑިއާ ރިޔާސަތުގެ ދަށުން މަލްޓިލޭޓަރަލް ކޯޑިނޭޝަން ޕްލެޓްފޯމް އިފްތިތާހުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.  މި ޑެބްޓް ޓްރީޓްމެންޓް އެއްބަސްވުމާ އެކު، މެދު ފަންތީގެ އާމްދަނީ ލިބޭ ގައުމުތަކުގެ އަވަސް ދަރަނީގެ ރިޒޮލިއުޝަންގައި އިންޑިއާއިން ވަނީ ބެންޗްމާކެއް ގާއިމުކޮށްފައެވެ. "ނެއިބަރހުޑް ފަސްޓް" ޕޮލިސީއަށް އިންޑިއާއިން ދޭ އަހައްމިއްޔަތުކަން އަދިވެސް ވަރަށް ބޮޑެވެ.

2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބޭއްވުނު ރަސްމިއްޔާތަށްފަހު، 17 ޤައުމަކުން ރަސްމީކޮށް އެކުލަވާލީ، މިމަހުގެ ނުވަވަނަ ދުވަހު، އިންޑިއާ، ޖަޕާން އަދި ފަރާންސް ގުޅިގެން (ޕެރިސް ކްލަބުގެ ޗެއަރގެ ހައިސިއްޔަތުން) ގުޅިގެން، ދަރަނީގެ ފަރުވާއަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެދުމުން އެކަމަށް އިޖާބަދިނުމުގެ ގޮތުން އޮފިޝަލް ކްރެޑިޓަރ ކޮމިޓީ (އޯސީސީ) އެއް އެކުލަވާލުމަށެވެ. އެ ކޮމިޓީގައި ޕެރިސް ކްލަބް ކްރެޑިޓަރުންގެ އިތުރުން އިންޑިއާ އާއި ހަންގޭރީ ވެސް ހިމެނެއެވެ. އޭގެ ފަހުން އޯސީސީން ވަނީ ސްރީލަންކާއާ އެކު ފުޅާ ދާއިރާއެއްގައި ގުޅުން ބަދަހިކޮށްފައެވެ.

އެގޮތުން ކަމާބެހޭ ފަރާތްތަކާއި އެކު އޯސީސީން ވަނީ ގުޅުން ބާއްވާ އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ އިތުރުން ޗައިނާގެ އާއި ސްރީލަންކާގެ ޕްރައިވެޓް ކްރެޑިޓަރުންނާއެކުވެސް މުއާމަލާތްކޮށްފައިއެވެ.

އޯސީސީ އާއި ސްރީލަންކާއިން އެއްބަސްވީ ސްރީލަންކާ އާއި އައިއެމްއެފްއާ ދެމެދު އެކްސްޓެންޑެޑް ފަންޑް ފެސިލިޓީ (އީއެފްއެފް) އިންތިޒާމްގެ ދަށުން ޑެބްޓް ޓްރީޓްމެންޓްގެ މައިގަނޑު މިންގަނޑުތައް ކަނޑައެޅުމަށެވެ.

މި އެއްބަސްވުމުގެ ސަބަބުން އައިއެމްއެފްގެ މުވައްޒަފުންނަށް ސްރީލަންކާގެ އީއެފްއެފް އިންތިޒާމްގެ ފުރަތަމަ ރިވިއު އައިއެމްއެފްގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅައި، އެ އިންތިޒާމްގެ ދަށުން ދެވަނަ ޑިސްބާސްމަންޓަށް ރުހުން ދިނުމުގެ މަގު ހުޅުވިގެންދާނެއެވެ. އޯސީސީން ވަނީ ސްރީލަންކާދެމެހެއްޓެނިވި މަގަކަށް ރުޖޫއުވުމަށް ގެންނަންޖެހޭ އިޞްލާޙުތައް ތަންފީޒުކުރުމުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ތަޢުރީފްކޮށްފައެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކާއެކު ހަދާފައިވާ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގައި މި އެއްބަސްވުން ރަސްމީކޮށް ސޮއިކުރުމަށް އޯސީސީން އޮތީ ތައްޔާރަށެވެ. އޯސީސީން އުންމީދު ކުރަނީ، އެހެން ބައިލެޓަރަލް ކްރެޑިޓަރުން ވެސް، ދެފުށް ފެންނަ ގޮތަކަށް، އޯސީސީއަށް ބޭނުންވާ މައުލޫމާތު، އެފަރާތްތަކުގެ އަމިއްލަ ބައިލެޓަރަލް އެގްރީމެންޓާ ގުޅޭ ގޮތުން ޓްރީޓްމެންޓް ކޮމްޕެރަބިލިޓީ އިވެލުއޭޓް ކުރުމަށް އެއްބަސްވާނެ ކަމަށެވެ. އޯސީސީން ލަފާކުރާ ގޮތުގައި ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އެމީހުންގެ ޕްރައިވެޓް ކްރެޑިޓަރުންނާ އެކު މަޝްވަރާކޮށް، އޯސީސީން ހުށަހަޅާ ޝަރުތުތަކާ އެއްގޮތުގުމަތިން ފައިދާހުރި ޝަރުތުތަކާ  ބެހޭ އެއްބަސްވުމެއް އަވަހަކަށް ގާއިމްވެގެންދާނެކަމުގައެވެ. މި އެންގޭޖްމަންޓްތަކުގެ ސަބަބުން ސްރީލަންކާއަށް ފޯރުކޮށްދޭ ޖުމްލަ ދަރަނީގެ ފަރުވާއަކީ އައިއެމްއެފް ޕްރޮގްރާމްގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ދެވޭ ފައިސާކަން ކަށަވަރުވެގެންދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!