އިނގިރޭސިން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ހޯދަނީ
މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލަށް ހޯދުމަށް ހުޅުވާލައިފިއެވެ.
މިކަމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައި ވަނީ މިއަދު ހުކުރު ނަމާދަށްފަހު އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ކުރެއްވި ޕޯސްޓެއްގައެވެ.
އެގޮތުން ޝަހީމް ވިދާޅުވީ ރާއްޖެއަކީ ވަރަށް ގިނަ ބިދޭސީ މަސައްކަތްތެރިން މަސައްކަތްކުރާ ޤައުމަކަށްވެފައި އަމުދުން މާލޭ ސިޓީ ސަރަހައްދުގައި ގިނަ އަދަދަކަށް މުސްލިމު މަސައްކަތްތެރިން އުޅެމުން އަންނަ ކަމަށެވެ.
އެހެން ކަމުން މާލޭ ސިޓީގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސިން ޚުތުބާ ކިޔުމާއިމެދު ރައްޔިތުންގެ ޚިޔާލު ބަލައިލަން ބޭނުންވާ ކަމަށެވެ.
މީގެ އިތުރުން މިފަދަ ހިޔާލެއް ހޯދުމަށް ހުޅުވާލާފައި މިވަނީ މަސައްކަތްތެރިންގެ ސްލޫކާއި އަޚްލާޤު އަދި ދީންވެރިކަން އިތުރުވުމުގައި އެމީހުން ދަންނަ ބަހަކުން އިއްވޭ ޚުތުބާގެ ދައުރު މުހިންމުކަމަށް ފެންނާތީ ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވެފައިވެއެވެ.
މިނިސްޓަރުގެ އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެއީ ހަމައެކަނި ޚިޔާލެއް ހޯދާލުމު މަޤްޞަދުގައި ކުރެއްވި ޕޯސްޓެއް ކަމަށެވެ.
ތިޔައީ ދިވެހީންގެ ރާއްޖެއިން ކުރަން އެންމެ ދިވެހި ވަންތަަ ކަންތައް
ރައީސްމުއިއްޒުގެ ސިޔާސަތާ ފުށުއަރާކަމެއް.
ޚުތުބާއަކީ ހަފްތާއަކު1ދުވަހު ކިޔަން ޖެހޭ އެއްޗެއް!އެކަމަކު އެމީހުނާ ކޮންމެދުވަހަކު ހުރިހާއިރު ވާހަކަދައްކަންޖެހޭ…އެހެންވީމާ އިނގިރޭސިން ވާހަކަ ދައްކަން އެންމެފުރަތަމަ ފަށަންވީ. އެއަށް ފަހު،ޚުޠުބާ ކިޔަން ގޮތެއް ނިންމާނީ..މިއީވެސް ޚިޔާލެއް…
ދިވެހިބަސް ފިޔަވާ އެހެން ބަހަކުން ހުކުރު ހުތުބާ ދޭނަމަ އަރަބިބަހުން ދޭންޖެހެނީ އެއީ މޮޅުއިތުރު ގޮތަކީވެސް ހުތުބާ އެއީ ހުކުރަމާދުގެ ބަޔެއް އެހެންވީމާ ހުތުބާވެސް އަސްލު ކިޔަންވީ ރަސޫލާގެ އަމަލު ފުޅާއިވެސް އެއްގޮތަށް އަރަބިބަހުން !
ބަންގާޅަބަހުން ހުތުބާކިއުން އެއީ އިގިރޭސިން ހުތުބާ ކިއުމަށް ވުރެ މާރަގަޅު ގޮތެއް. އިގިރޭސީންނަށް ވުރެ ބަންގުލަދޭޝް ރައްޔިތުން މިގައުމުގައި ބޮޑުތަނުން ގިނައެވެ. ނިޔަތް ރަގަޅުކަމުގައި ވަނީނަމަ ބަންގްލާ ބަހުން ހުތުބާކިއުން މޮޅެވެ.