ދުނިޔެ

ވޯޓު ލާއިރު ހޮންކޮންގަށް ވީ ގޮތާ މެދު ވިސްނާލާ: ޓައިވާންގެ ރައީސް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޓައިވާނުގެ ރައީސް ސައި އިންގް-ވެން ވަނީ އަންނަ މަހު ވޯޓު ލާއިރު ޗައިނާގެ ބާރުގެ ދަށުގައި އޮންނަ ހޮންކޮންގަށް ވީ ގޮތާ މެދު ވިސްނުމަށް އާދީއްތަ ދުވަހު އިލްތިމާސް ކުރައްވައި، ދިފާއީ ބާރު ވަރުގަދަ ކުރުމުގެ ވައުދާއެކު ސުލްހަ ގާއިމުކުރަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

Ads by Sosun Fihaara

ޖަނަވަރީ މަހުގެ 13 ވަނަ ދުވަހު ޓައިވާނުގެ ރިޔާސީ އިންތިޚާބާއި ޕާލަމެންޓް އިންތިޚާބަށް ތައްޔާރުވަނީ ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ މިރަށަކީ އެޤައުމުގެ އަމިއްލަ ސަރަޙައްދެއްކަމަށް ބުނާ ޗައިނާއިން އެޤައުމުގެ ދަޢުވާތައް ސާބިތުކުރުމަށް އަސްކަރީ ޕްރެޝަރު ބޮޑުކުރަމުންދާދަނޑިވަޅެއްގައެވެ.

ޗައިނާ އާއި ޓައިވާނުގެ މައި އިދިކޮޅު ޕާޓީ، ކުއޯމިންޓަންގް (ކޭއެމްޓީ) އިން ވަނީ މި އިންތިހާބަކީ ހަނގުރާމައާއި ސުލްހައާ ދޭތެރޭ ގޮތެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. ޓައިވާނުގެ ވެރިކަން ކުރާ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީޕީޕީ) އާއި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ނައިބު ރައީސް ލައި ޗިންގް-ޓޭ އަކީ ނުރައްކާތެރި ވަކިވެގަތް ބައެއް ކަމަށް ބުނެ ޗައިނާއިން ނަފްރަތު ކުރެ އެވެ.

ވެރިރަށް ޓައިޕޭގައި ލައިގެ ކެމްޕެއިން އެއްވުމެއްގައި ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ސައި ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބޭނުންކުރަނީ ހަނގުރާމައާއި ސުލްހައިގެ "އެލާމިސްޓް ޓޯކްސް" ކަމަށެވެ.

2020 ވަނަ އަހަރު ބެއިޖިންއިން ވަނީ ހޮންގްކޮންގްގެ މައްޗަށް ހަރުކަށި ގައުމީ ސަލާމަތާ ބެހޭ ގާނޫނެއް އެކުލަވާލައި، ދުނިޔޭގެ މާލީ މައި މަރުކަޒެއް ކަމަށްވާ ހޮންގްކޮންގްގައި 2019 ވަނަ އަހަރު ސަރުކާރާ ދެކޮޅު އަދި ޗައިނާއާ ދެކޮޅަށް ބައެއް ފަހަރު ހަރުކަށި މުޒާހަރާތަކުގެ ސަބަބުން އެތައް މަހެއް ވަންދެން ހަލަބޮލިވެފައި ވަނިކޮށް ހަމަޖެހުން ގާއިމުކުރުމަށް މުހިއްމު ކަމަށް ބުނެފަ އެވެ.

ޓައިވާނުގެ ދިފާއީ ބާރުތައް ވަރުގަދަކުރުމަކީ އެކަމަނާގެ ވެރިކަމުގެ މައިގަނޑު އަސާސަކަށް ސައި ވަނީ އިންތިޚާބުތަކުގައި އިސްކޮށް ހުންނެވި ލައި ދެމި ހުންނަވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އެ މީހުން ބުނަނީ އެމީހުންގެ މުސްތަގުބަލް ނިންމޭނީ ހަމައެކަނި ޓައިވާނުގެ ރައްޔިތުންނަށް ކަމަށާއި ޗައިނާއާ އެކު ތަކުރާރުކޮށް މަޝްވަރާކުރަން ހުށަހަޅައި، އެކަމަށް ދެކޮޅު ހަދާފައިވާ ކަމަށެވެ.

ހަމަޖެހުން ޤާއިމުކުރުމަށްޓަކައި ދިފާޢުވުމުގެ ޤާބިލުކަން ވަރުގަދަކުރަން ޖެހެއެވެ. އަޅުގަނޑުމެންގެ ގޭގައި ތަޅު އެޅިފައި ހުންނާނެ، އެކަމަކު އަވަށްޓެރިން ރުޅިއަރުވާކަށް ނޫން،" އެއްވުމުގައި ސައި ވިދާޅުވި އެވެ. ކަރާމާތް ދިފާއު ކުރެވޭނީ އަޒުމް ކަނޑައަޅައިގެން ކަމަށާއި އަމާންކަން ގާއިމު ކުރެވޭނީ ވަރުގަދަކަމާ އެކުގައި ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!