ޕާކިސްތާން-އަފްގާނިސްތާނުގެ ބޯޑަރު ވަރުގަދަކޮށްފި
ޕާކިސްތާނު ސަރުކާރުން އަފްޣާނިސްތާނުގެ ހިޖުރަވެރިން އަނބުރާ ގައުމަށް ފޮނުވަމުން އަންނައިރު، ޕާސްޕޯޓާއި ވިސާ ނެތް ބަލި މީހުންނަށް ޓޯރްޚާމް ބޯޑަރު ކްރޮސިން ވެސް ވަނީ ބަންދުކޮށްފަ އެވެ.
އަފްޣާނިސްތާނުގެ ނަންގަރްހާރު ޕްރޮވިންސްގެ އިންފޮމޭޝަން އެންޑް ކަލްޗަރ ޑިޕާޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިސާ އާއި ޕާސްޕޯޓް ފަދަ ގާނޫނީ ލިޔުންތައް ނެތް ބަލި މީހުންނަށް ޓޯރްޚާމް ބޯޑަރު ކްރޮސިން ހުކުރު ދުވަހު ބަންދުކޮށްފައިވާ ކަމަށެވެ.
މީގެ ކުރިން ޓޯރްޚާމް ކްރޮސިންގެ ބޯޑަރު އޮފިޝަލުން ވަނީ ޕާސްޕޯޓާއި ވިސާ ނެތް ބަލި މީހުންނަށް އެ ގައުމަށް އެތެރެވުމުގެ ހުއްދަ ދީފައި ވަނީ އަފްޣާނިސްތާން ނަމަ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތުގެ ހުއްދައާ ގުޅިގެންނެވެ.
މިއީ އަފްޣާނިސްތާނުގެ އެތައް ހާސް ބަޔަކު، ހާއްސަކޮށް އަފްޣާނިސްތާނުގައި ބަލިތަކަށް ފަރުވާ ނުދެވޭ ކެންސަރު ބަލީގެ މީހުން ކޮންމެ އަހަރަކު ވެސް އަވަށްޓެރި ގައުމުތަކުގައި، ހާއްސަކޮށް ޕާކިސްތާނުގައި ބޭސްފަރުވާ ހޯދަމުންދާ ކަމަށް ރިޕޯޓްތަކުން ދައްކަމުންދާ ދަނޑިވަޅެއްގަ އެވެ.
ޕާކިސްތާނުން މި ނިންމުން ތަންފީޒުކޮށްފައިވާއިރު، އދ.ގެ ހިއުމަން ރައިޓްސް އޮފީހުން މީގެ ކުރިން ޕާކިސްތާނަށް ގޮވާލާފައި ވަނީ "އިންސާނީ ހައްގުތަކުގެ ކާރިސާއެއް" ހުއްޓުވުމަށް ރެފިއުޖީން ބޭރުކުރުމުގެ މަސައްކަތް ހުއްޓާލުމަށެވެ.
އަފްޣާނިސްތާނުގެ ހިޖުރަވެރިން ބޭރުކުރުމަކީ ފިނި މޫސުމުގެ ގަދަ ދުވަސްވަރެކެވެ.
އަފްޣާނިސްތާނުގެ ހިޖުރަވެރިން އެތަނުން ފޭބުމަށް މަޖުބޫރުވަމުންދާތީ، ހާއްސަކޮށް ފިނި މޫސުން ގޯސްވެ، އަފްޣާނިސްތާނުގެ އިންސާނީ ހާލަތު އިތުރަށް ގޯސްވަމުންދާތީ، އެމީހުންނަށް ވަނީ އުނދަގޫ ހާލަތްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އަފްޣާނިސްތާނުގެ ރެފިއުޖީން ޕާކިސްތާނުން ބޭރުކުރުން ހުއްޓާލުމާ ގުޅޭ ގޮތުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުން ހުށަހެޅި ޕެޓިޝަން މިދިޔަ ހުކުރު ދުވަހު މުރާޖައާ ކުރަން ފަށާފައިވާ ކަމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން ވަނީ ރިޕޯޓްކޮށްފަ އެވެ.