ދުނިޔެ

ޓައިވާން ކަނޑުއޮޅިން އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް މަތިންދާ ބޯޓަށް ޗައިނާއިން އިންޒާރުދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޗައިނާގެ އަސްކަރިއްޔާއިން ބުދަ ދުވަހު ބުނީ ޓައިވާނުގައި އިންތިހާބެއް ބޭއްވުމުގެ ހަފުތާތަކެއް ކުރިން ކުރިއަށް ގެންދިޔަ މިޝަން ކަމަށްވާ ނާޒުކު ޓައިވާން ކަނޑުއޮޅިމަތިން ދަތުރުކުރި އެމެރިކާގެ ކަނޑުގެ ސިފައިންގެ ޕެޓްރޯލް މަތިންދާބޯޓެއް މޮނިޓާކޮށް އިންޒާރު ދިނުމަށް ފައިޓާ ޖެޓްތައް ފޮނުވާފައިވާ ކަމަށެވެ.

Ads by WAMCO

ޑިމޮކްރެޓިކް އުސޫލުން ވެރިކަން ކުރާ ޓައިވާނުގެ އިސްތިގުލާލު ޗައިނާއިން ބުނާއިރު، އެ ކަނޑުއޮޅިގެ އިހްތިސާސް ޗައިނާއަށް ލިބިގެންވާ ކަމަށް ޗައިނާއިން ބުނެއެވެ. ޓައިވާން ކަނޑުއޮޅިއަކީ ބައިނަލްއަގްވާމީ ކަނޑުގެ މަގެއް ކަމަށް ބުނެ ޓައިވާނާއި އެމެރިކާއާ ދެމެދު ދެބަސްވުންތަކެއް އުފެދެ އެވެ.

އެމެރިކާގެ ކަނޑުގެ ސިފައިންގެ ހަތް ވަނަ ފްލީޓުން ބުނީ އެންޓި ސަބްމެރިން މިޝަންތަކަށް ވެސް ބޭނުންކުރާ ޕީ-8އޭ ޕޮސައިޑަން މެރިޓައިމް ޕެޓްރޯލް އެންޑް ރިކޮނިސެންސް މަތިންދާ ބޯޓު ދަތުރުކުރީ ބައިނަލްއަގުވާމީ ވައިގެ ސަރަހައްދުގެ ކަނޑުއޮޅިމަތިން ކަމަށެވެ.

"ޓައިވާން ކަނޑުއޮޅިއަށް މަތިންދާބޯޓު ޓްރާންސިޓް ކުރުމުން ދައްކުވައިދެނީ މިނިވަން އަދި ހުޅުވާލެވިފައިވާ އިންޑޯ-ޕެސިފިކް ސަރަހައްދަކަށް އެމެރިކާ އިން ދޭ އަހައްމިއްޔަތުކަން. އެމެރިކާގެ އަސްކަރިއްޔާއިން ބައިނަލްއަގްވާމީ ގާނޫނުހުއްދަކުރާ ކޮންމެ ތަނެއްގައި ވެސް އުދުހޭ، ދަތުރުކޮށް، އޮޕަރޭޓް ކުރެ އެވެ،" އެ ބަޔާނުގައި ވެ އެވެ.

ޗައިނާގެ އަސްކަރިއްޔާއިން މި ފްލައިޓަކީ "ޕަބްލިކް ހައިޕެއް" ގެ ގޮތުގައި ސިފަކޮށް، އެމެރިކާގެ މަތިންދާބޯޓު މޮނިޓާކޮށް އިންޒާރު ދީ، "ގާނޫނާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަމާ މެދު އަމަލުކުރުމަށް" ހަނގުރާމަވެރިން ފޮނުވާފައިވާ ކަމަށެވެ.

ޕީޕަލްސް ލިބަރޭޝަން އާމީގެ އީސްޓަން ތިއޭޓާ ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނީ ތިއޭޓަރުގައި ތިބޭ ސިފައިންނަކީ އަބަދުވެސް ހައި އެލާޓްގައި ތިބޭ ބައެއް ކަމަށާއި ގައުމީ ސިޔާދަތާއި ސަލާމަތާއި ސަރަހައްދީ ސުލްހަ އާއި ހަމަޖެހުން ސާބިތުކަމާއެކު ދިފާއު ކުރާނެ ކަމަށެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!