ދުނިޔެ

ޕާކިސްތާނުގައި ގޮދަނުގެ އަގުބުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގިލްގިޓް-ބަލްޓިސްތާންގެ އެކި ސަރަހައްދުތަކުގައި މީހުން މުޒާހަރާ ކުރަމުން ދިޔައީ އެ ސަރަހައްދުގައި ސަބްސިޑައިޒްކޮށްގެން ވިއްކާ ހުއިފިލަނޑާގެ އަގު ބޮޑުކުރުމާ ގުޅިގެންނެވެ.

Ads by Sosun Fihaara

ޖީބީ ހައިކޯޓުގެ ބާ އެސޯސިއޭޝަނާއި ޑިސްޓްރިކްޓް ބާ އެސޯސިއޭޝަނުން ގޮވާލުމާ ގުޅިގެން ވަކީލުން ހަޅުތާލު ކޮށް، އެ ނިންމުމާ ދެކޮޅަށް މުޅި ސަރަހައްދުގެ ކޯޓު މަރުހަލާތައް ބޮއިކޮޓްކޮށްފައިވާއިރު، ޖީބީ އެސެމްބްލީގައި ތިއްބެވި އިދިކޮޅު މެމްބަރުން ވަނީ މުޒާހަރާއެއް ބާއްވަން ނިންމާފައިވާކަން މީގެ ކުރިން ވެސް އިއުލާނުކޮށްފަ އެވެ.

ޖީބީ ސަރުކާރުން ދާދި ފަހުން ވަނީ ސަބްސިޑައިޒްކޮށްގެން ހަނޑޫ ކިލޯއެއް 20ރ އިން 52ރ އަށް ބޮޑުކޮށް، ހަމައެކަނި ފަގީރުންނަށް ސަބްސިޑައިޒްކޮށް ހުއިފިލަނޑާ ކިލޯއެއްގެ އަގު ބޮޑުކޮށްފައެވެ.

މީގެ ކުރިން ޖޫން މަހުގެ ކުރީކޮޅު އެ ރޭޓް 7.5 ރުޕީސް އިން 20ރ އަށް ބޮޑުކުރުމުން ޖީބީގައި ވަނީ ގިނަ މުޒާހަރާތަކެއް ކޮށްފައެވެ.

ޣަންޗޭގެ ޑިސްޓްރިކްޓް ހެޑްކުއާޓާސް ކަމަށްވާ ޚަޕްލޫގެ މައި ބާޒާރަށް ހުކުރު ނަމާދަށްފަހު ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ މުޒާހަރާކޮށް، ސަރުކާރުގެ ނިންމުމާ ދެކޮޅަށް އަޑުއުފުލައި މަގުތައް ބަންދުކުރި އެވެ.

ހަމަ އެފަދައިން ޖީބީގެ ޗީފް މިނިސްޓަރު ހާޖީ ގުލްބަރު ޚާންގެ ދާއިރާ ކަމަށްވާ ދިއާމޭރު ޑިސްޓްރިކްޓްގެ ތަބްގީރު ވާދީގެ ޖުގްލޮޓް ވިލެޖުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖީބީ ސަރުކާރަށް ފާޑުކިޔައި މުޒާހަރާކޮށްފަ އެވެ.

ގިޒަރް ޑިސްޓްރިކްޓްގެ ޔާސީން ވެލީގައި ވެސް އާންމުން އެއްވެ، އެ ނިންމުމާ ދެކޮޅަށް މުޒާހަރާ ތައް ފަށަން އެ ސަރަހައްދުގެ ދުވަސްވީ މީހުން ވަނީ ނިންމައިފަ އެވެ.

މިދިޔަ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު ޖީބީއަށް ދިމާވެފައިވާ ހުއިފިލަނޑާގެ މައްސަލައާ ގުޅޭ ގޮތުން ބޭއްވި ބްރީފިންއާ ގުޅިގެން ވަގުތީ ބޮޑުވަޒީރު އަންވަރުރުލް ހައްގު ކަކަރް ވަނީ ޖީބީއަށް އެކަށީގެންވާ މިންވަރަށް ހުއިފިލަނޑާ ސަޕްލައި ކޮށްދިނުމަށް ކަމާ ބެހޭ އިދާރާތަކަށް އަންގަވާފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!